ޕޮސިޓިވްވި މީހުންގެ ތެރޭގައި އެޗްޑީސީ އާއި ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން

އިއްޔެ މާލެއިން ކޯވިޑް-19 އަށް ޕޮސިޓިވް ވި މީހުންގެ ތެރޭގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މުވައްޒަފަކާއި ތައުލީ ދާއިރާގައި މަސައްކަތް ކުރާ މީހަކު ހިމެނޭ ކަމަށް އެޗްޕީއޭއިން ހާމަކޮށ...

25 Apr 2020 | 04:28

އިއްޔެ މާލެއިން ކޯވިޑް-19 އަށް ޕޮސިޓިވް ވި މީހުންގެ ތެރޭގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މުވައްޒަފަކާއި ތައުލީ ދާއިރާގައި މަސައްކަތް ކުރާ މީހަކު ހިމެނޭ ކަމަށް އެޗްޕީއޭއިން ހާމަކޮށްފި އެވެ.

ޕޮސިޓިވްވި މީހުންނާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗުގެ ޑޮކްޓަރު އިބްރާހިމް އަފްޒަލް ވިދާޅުވީ އިއްޔެ ބައްޔަށް ޕޮސިޓިވް ވި މީހުންގެ ތެރޭގައި އެއްވެސް ކޭސްއަކާއި ގުޅުމެއް ނެތް މީހުންނާއި ކުޑަ ކުދިން ހިމެނޭ ކަމަށެވެ. ގުޅުން ނެތް މީހުންގެ ގޮތުގައި ޕޮސިޓިވްވެފައިވަނީ އިންޑިއާ މީހަކާއި ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ މީހެއް ކަމަށެވެ.

ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ މީހާ އާއި ހަވާލާދީ ފުލުހުން ބުނީ އެމީހާ އަކީ އެޗްޕީއޭގެ އިރުޝާދުތަކާއި އެއްގޮތަށް މީގެ ކުރިން ވަރަށް މަދުން ކޮންމެހެން ދާންޖެހިގެން ނޫނީ ބޭރަށް ގޮސްފައިވާ މީހެއް ނޫންކަމަށެވެ. އޭނާ ޕޮސިޓިވްކަން އެނގުނީ ބަލީގެ އަލާމާތްތައް ފެންނާތީ ފްލޫ ކްލިނިކަށް ދެއްކައި ޓެސްޓު ކުރުމުންނެވެ.

އޭނާ އާއި ގުޅުން ހުރި މީހުންގެ ގޮތުގައިވެސް މިހާތަނަށް ދެނެގަނެވިފައިވަނީ އާއިލާ މީހުން އެކަނިކަމަށެވެ. އެގޮތުން އާއިލާގެ27 މީހަކު މޮނިޓާ ކުރަމުންދާ ކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ.

އެޗްޑީސީގެ މުވައްޒަފާއި ގުޅޭގޮތުން ޑރ. އަފްޒަލް މާ ގިނަ ވާހަކައެއް ނުދައްކަވަ އެވެ. ވިދާޅުވީ އެމީހާ އާއި ގުޅުން ހުރި މީހުންގެ ގޮތުގައި70 މީހަކު ފާހަގަވެފައިވާ ކަމަށެވެ.

އެމީހާ ބައްޔަށް ހުށަހެޅުވީ އޮފީސް މާހައުލުން ކަމެއް ނުވަތަ އެއީ އެހެން ކޭސް އަކާއި ގުޅުން ހުރި މީހެއް ކަމެއް ހާމައެއް ނުކުރައްވަ އެވެ.

އިއްޔެ ޕޮސިޓިވްވި މީހުންގެ ތެރޭގައި ސްރީލަންކާގެ ކުޑަ އަންހެން ކުއްޖަކާއި60 އަހަރުގެ ދިވެއްސަކުވެސް ހިމެނެ އެވެ.

އެޗްޕީއޭއިން ލަފާ ކުރާގޮތުގައި ކުރިޔަށް އޮތްތާވެސް މާލެއިން ޕޮސިޓިވް ކޭސް ފެންނަލެއް ގިނަ ވާނެ އެވެ. ބަލި ކޮންޓްރޯލް ކުރެވޭނީ ޒަރޫރީ ބޭނުމެއްގައި މެނުވީ ބޭރަށް ނުނިކުމެ ތިބެގެން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް