ކޮވިޑަށް މިއަދު 162 މީހަކު ޕޮޒިޓިވް

ރާއްޖެއިން އިތުރު 162 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާގޮތުގައި މިއަދު ޕޮޒިޓިވްވި 162 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވ...

25 Mar 2021 | 17:38

ރާއްޖެއިން އިތުރު 162 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާގޮތުގައި މިއަދު ޕޮޒިޓިވްވި 162 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 99 މީހަކާއި ރަށްރަށުން ޕޮޒިޓިވްވި 45 މީހަކާއި ހިންގަމުން އަންނަ ރިސޯޓްތަކުން ޕޮޒިޓިވް ވި 15 މީހެއްގެ އިތުރުން ލިވަބޯޑްތަކުން ޕޮޒިޓިވް ވި ދެމީހަކާއި އިންޑަސްޓްރިއަލް ސަރަހައްދަކުން ޕޮޒިޓިވް ވި މީހެކެވެ.

މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ޖުމްލަ އަދަދު މިވަނީ 23،091 އަށް އަރާފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ 2،579 އެވެ. 103 މީހަކަށް ފަރުވާދެމުން އަންނަނީ އެޑްމިޓް ކޮށްގެންނެވެ. ކޮވިޑުގައި މަރުވި އަދަދު ވަނީ 66 އަށް އަރާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް