ކުޅުދުއްފުށިން ނެގި 70 ސާމްޕަލްވެސް ނެގެޓިވް ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ. ކުޅުދުއްފުށިން ސާމްޕަލް ނަގާފައި ވަނީ އެރަށުން ޕޮޒިޓިވް ވި މީހަކާ ޑައިރެކްޓް ކޮންޓެކްޓް ވި 70 މީހެކެވެ.
ކުޅުދުއްދުށިން ޕޮޒިޓިވްވިކަން އެނގުނު ހަތަރު ވަނަ މީހަކީވެސް ނައިފަރުން އިތުރު ފަރުވާއަށް އައި މީހެއްގެ ފިރިމީހާ އެވެ. އެމީހަކީ ފެލިވަރުގައި މަސައްކަތްކުރާ މީހެކެވެ.
އެ މީހުންގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި 70 މީހެއްގެ ސާމްޕަލް ނަގާފައި ވާިރު، އެ ހުރިހާ ސާމްޕަލެއްވެސް ނެގެޓިވްވެފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތުދެ އެވެ.
މިހާނަތަށް ނެގި ހުރިހާ ސާމްޕަލް އެއް ނެގެޓިވް ވި ނަމަވެސް، ބަލީގެ ބިރު އަދިވެސް އޮތްކަމަށްވީތީ، އެކަމަށް ސަމާލުވެގެން އުޅުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އިރުޝާދުދެއެވެ
ސާމްޕަލްތައް ނެގެޓިވްވިކަމުގައިވެސް ކަރަންޓީނުކޮށްފައިވާ މީހުން ކަރަންޓީނު ފުރިހަމަ ކޮށް އިތުރު ސާމްޕަލް ނެގުމަށްވެސް ނިންމާފައިވާކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް