ސައިނޯފާމް ވެކްސިންގެ އެއް ލައްކަ ޑޯޒް ރާއްޖެއާ ހަވާލުކޮށްފި

ސައިނޯފާމް ވެކްސިންގެ އެއް ލައްކަ ޑޯޒް ރާއްޖެއާ ހަވާލުކޮށްފިއެވެ. ރާއްޖޭގައި ފެބްރުއަރީ އެއް ވަނަ ދުުވަހު ކޯވިޑް-19 އަށް ވެކްސިން ދޭން ފަށާފައި ވާއިރު، ރާއްޖޭގައި ފުރަތަމަ ބޭނުން ކޮށްފައި ވަނީ ކޮވިޝީލ...

25 Mar 2021 | 07:02

ސައިނޯފާމް ވެކްސިންގެ އެއް ލައްކަ ޑޯޒް ރާއްޖެއާ ހަވާލުކޮށްފިއެވެ.

ރާއްޖޭގައި ފެބްރުއަރީ އެއް ވަނަ ދުުވަހު ކޯވިޑް-19 އަށް ވެކްސިން ދޭން ފަށާފައި ވާއިރު، ރާއްޖޭގައި ފުރަތަމަ ބޭނުން ކޮށްފައި ވަނީ ކޮވިޝީލްޑު ވެކްސިނެވެ.

ނަމަވެސް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުން މެދުކަނޑާލުމަށްފަހު މިހާރު އަލުން ވެކްސިން ޖަހަން ފަށާފައި ވާއިރު، މިހާރު ޖަހަމުން ދަނީ ހެޔޮ އެދޭ ފަރާތަކުން ހަދިޔާ ކުރި ސައިނޯފާމް ވެކްސިންގެ 10 ހާސް ޑޯޒެވެެ. ވެކްސިން ދިނުން މެދުކަނޑާލާފައި ވަނީ، އޭރު ރާއްޖޭގައި ހުރި ކޮވިޝީލްޑް ވެކްސިން ހުސްވުމުންނެވެ.

ސައިނޯފާމް ވެކްސިން ރާއްޖޭގައި ޖެހުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ހުއްދަ ދީފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް