ކޮވިޑްގައި މި މަހުގެ 23 ވަނަ ދުވަހު ބްރެޒިލްއިން ރެކޯޑް އަދަދަކަށް މީހުން މަރުވެފައި ވެއެވެ. އެގޮތުން އެދުވަހު އެކަނިވެސް 3251 މީހުން މަރުވެފައި ވާކަމަށް އަލްޖަޒީރާގައި ރިޕޯޓް ކޮށްފައި ވެއެވެ.
ބްރެޒިލްގައި އެއް ދުވަހުން ރެކޯޑް އަދަދަކަށް މީހުން މަރުވެފައި ވާއިރު، މިހާރު ހުރި ބްރެޒިލްގައި ހުރި ހެލްތް މިނިސްޓަރ މާސެލޯ ކުއިރޯގާ އަކީ މި ޕެންޑަމިކްގައި އެ ގައުމުގައި އައްޔަން ކުރި ހަތަރު ވަނަ ހެލްތް މިނިސްޓަރެވެ.
ބަރެޒިލްގެ ރައީސް ޖައިރު ބޮލްސޮނާރޯ އަކީ ލޮކްޑައުންއާއި ސިއްހީ ކުއްލިނުރައްކަލުގެ ހާލަތުގައި ފިޔަވަޅު އެޅުން ފަދަ ކަންކަމާ ދެކޮޅު ބޭފުޅެކެވެ. އަދި އެ ގައުމުގެ އައު ހެލްތް މިނިސްޓަރ މާސެލޯ ބުނެފައި ވަނީ ރައީސް ބަލްސޮނާރީގެ ޕްލޭންތަކާ އެއްގޮތަށް އަމަލު ކުރައްވާނެ ކަމަށެވެ.
ކޮވިޑްގެ މިހާލަތުގައި ވެސް ބްރެޒިލްއިން އިން ލޮކްޑައުން ފަދަ ފިޔަވަޅުތަކެއް އެޅުމާ ދެކޮޅަށް އެ ގައުމުގެ ރައީސް ހުންނެވީ، އެފަދަ ފިޔަވަޅުތައް އަޅައިފި ނަމަ އެގައުމު ބަނޑަށް ޖެހިދާނެ ކަމުގެ ބިރު އޮންނާތީ ކަމަށް އަލްޖަޒީރާއިން ފާހަގަ ކުރެއެވެ.
ބްރެޒިލްގައި ވެކްސިން ޖަހާ އާބާދީގެ ތެރެއިން މިހާތަނަށް ވެކްސިންގެ ދެ ޑޯޒް ދީފައި ވަނީ 2.6 އިންސައްތަ މީހުންނަށެވެ. އަދި ބެރެޒިލްގައި 7.6 އިންސައްތަ މީހުން ވެކްސިންގެ އެއް ޑޯޒް ޖަހާފައިވެއެވެ. އެއީ 12.1 މިލިއަން މީހުންނެވެ.
މިހާތަނަށް މުޅި ދުނިޔެއިން 125 މިލިއަނަށް ވުރެ ގިނަ މީހުނަށް ކޮވިޑް ޖެހިފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް