އަންނަ އަހަރު ގަތަރުގައި ބޭއްވޭ ފީފާ ވޯލްޑް ކަޕް ޔޫރަޕް ކޮލިފިކޭޝަން ގުރޫޕް ޖީ ގައި، ތުރުކީ އާއި ނެދަލެންޑް ބައްދަލުކުރި މެޗު ތުރުކީ އިން ކާމިޔާބު ކޮށްފިއެވެ.
ތުރުކީ އިން ރޭގެ މެޗު ކާމިޔާބު ކުރީ އަތުން 4-2 ގެ ނަތީޖާއަކުންނެވެ.
ތުރުކީ އިން ރަނގަޅު ކުޅުމެއް ދެއްކި މި މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީވެސް ތުރުކީއިންނެވެ. ފުރަތަމަ ހާފުގެ 15 ވަނަ މިނެޓުގައި މި ލަނޑު ތުރުކީއަށް ކާމިޔާބު ކޮށްދިނީ ޔިލްމާޒް އެވެ. މި ލަނޑު އޭނާ ކާމިޔާބު ކުރީ ކާމިޔާބު ކުރީ ދުރުން ފޮނުވާލި ބާރު ހަމަލާއަކުންނެވެ. ތުރުކީގެ ދެވަލަނޑު ކާމިޔާބު ކޮށް ލީޑު ފުޅާކުރީ ލިބުނު ޕެނަލްޓީއެއްގައި ފުރަތަމަ ލަނޑުވެސް ކާމިޔާބު ކޮށްދިން ޔިލްމާޒްއެވެ.
ދެ ލަނޑުގެ ލީޑެއްގައޮ އޮވެ ތުރުކީއިން މެޗުގެ ފުރަތަމަ ހާފު ނިންމާލިއިރު، ދެ ވަނަ ހާފު ފަށައިގެން ފުރަތަމަ މިނެޓްގައި ހަކާން ޗަނަހަލޫހޫ ވަނީ ތުރުކީގެ ތިންވަނަ ލަނޑު ކާމިޔާބު ކޮދީފައެވެ. އޭގެ ފަހުން މެޗުގެ 75 އަދި 76 ވަނަ މިނެޓްގައި ހޮލެންޑުން ދެ ގޯލް ޖަހައި ތުރުކީއަށް ބާރު ބޮޑު ކުރި އެވެ. ހޮލެންޑްގެ ލަނޑުތައް ކާމިޔާބު ކުރީ ޑޭވީ ކްލާސަން އަދި ލޫކް ޑިޔޯންގް އެވެ.
އޭގެ ފަސް މިނެޓް ފަހުން ލިބުނު ހިލޭ ޖެހުމަކުން ސީދާ ގޯލުގެ ކަނަށް ބޯޅަ ވައްދާލައިގެން ޔިލްމާޒް ހެޓްރިކް ހަދައި ހޮލެންޑްގެ އުންމީދުތައް ފެނަށް ދުއްވާލި އެވެ. މެޗުގެ ފަހު ވަގުތުގައި ނަތީޖާގެ ފަރަގު ކުޑަ ކުރުމަށް ހޮލެންޑަށް ޕަނެލްޓީއެއް ލިބިގެން ދިޔަ އެވެ. މެންފިސް ޑީޕޭ ފޮނުވާލި ޕެނަލްޓީ، ތުރުކީގެ ކީޕަރު އުގަން ޖާކިރް ދިފާއު ކުރި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް