މާލެއިން އުތުރުގެ 1 ސަރަހައްދީ ހަސްފަތާލަށާއި އަތޮޅު ހަސްފަތާލުގެ އިތުރުން 2 ވަނަ ސަރަހައްދީ ހަސްފަތާލަށް ކޮވިޑު ފެތުރި މުޅިއުތުރު ހުއްޓިއްޖެ ކަމަށް ޑޮކްޓަރ ފައިސަލް ވިދާޅުވެއްޖެއެވެ.
" ރައްކާވެތިބިއްޔާ ދަތުރު މާތް ﷲ އަޅަމެން އެންމެން މިކަމުން ސަލާމަތްކުރައްވާ ފާފަ ފުއްސަވާ ދެއްވާށި!" ފައިސަލް ވިދާޅުވެފައި ވެއެވެ.
https://twitter.com/Faisalnaifaru/status/1374945321986322434
ޑޮކްޓަރ ފައިސަލް މިހެން ވިދާޅުފައި ވާއިރު، ކޮވިޑްގެ ކޭސް އަކާ ގުޅިގެން ހދ.ކުޅުދުއްފުށި މޮނިޓަރިންގ އަށް ލާފވެއެވެ. ކުޅުދުއްފުއްޓަށް އަރައި ފޭބުން މަނާކޮށްފައި ވަނީ ޅ.ނައިފަރުން ކުޅުދުއްފުށީ ހޮސްޕިޓަލަށް ނެންގޮސްފައިވާ ބަލިމީހަކާއި، އޭނާގެ އެހީތެރިޔާ ކޮވިޑަށް ފައްސި ވުމާ ގުޅިގެންނެވެ.
މިހާރު ކުޅުދުއްފުށިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ ހަތަރަކަށް އަރާފައެވެ.
ކުޅުދުއްފުށި މޮނިޓަރިންގ އަށް ލާފައި ވަނީ ކޭސް އިންވެސްޓިގޭޓް ކުރުމަށާއި ކޮންޓެކްޓް ޓްރޭސިންގް ހެދުމަށް ކަމަށް އެޗްޕީއޭއިން ބުނެއެވެ.
މީގެ އިތުރުން ޅ. ފެލިވަރުން ކޮވިޑަށް ފައްސިވި ކޭސް އެއް ފެނުމާ ގުޅިގެން ފެލިވަރުވެސް ވަނީ މޮނިޓަރިންގ ގެ ހާލަަތަށް ގެނެވިފައެވެ.
ރ. އުނގޫފާރުން މީހަކު ކޮވިޑަށް ފައްސިވި އިރު، އެރަށުން ދަތުރުކުރި ބަޔަކު ވަނީ ފައްސިވެފައެވެ.
މީގެ ކުރިން މާލޭގައި ކޮވިޑްގެ ބިރުވެރިކަން އޮން ނަމަވެސް، އަތޮޅުތަކުގައި ކޮވިޑްގެ ގިނަ ކޭސްތަކެއް ފެނިފައެއް ނުވެއެވެ. ނަމަވެސް މިހާރު މިވަނީ އުތުރުގެ ބައެއް ހިސާބުތަކަށް ކޮވިޑްގެ ބިރުވެރިކަން ގޮސްފައެވެ.
މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވި ޖުމްލަ އަދަދު މިވަނީ 22،929 އަށް އަރާފައެވެ. މިވަގުތު އެކްޓިވް ކޭސްތަކުގެ އަދަދަކީ 2،497 ކަމަށާއި އެޑްމިޓް ކޮށްގެން ފަރުވާދެމުން އަންނަނީ 103 މީހަކަށް ކަމުގައި އެޗްޕީއޭއިން ބުނެއެވެ.
ކޮވިޑުގައި ރާއްޖެއިން މިހާތަނަށް 66 މީހަކު ދުނިޔެ ދޫކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް