ސިވިލް ސާވެންޓުންނަކީ ހަމަ ހަގީގަތުގައި ވެސް "އަޅުން" ގެ ގޮތުގައި ސިފަކޮށްދޭން މަސައްކަތް ކުރެއްވި އެމްޕީ މާފަށް އެދެން ޖެހޭ ކަމަށް ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެވެ.
" އެ ބޭފުޅާގެ ވާހަކަ ވަރަށް، ވަރަށް ޑިސްރެސްޕެކްޓްފުލް" ޒައިދުގެ ފޯސްޓްގައި ވެއެވެ.
https://twitter.com/alizaid1000/status/1374940737859543040
ޒައިދު ކުރައްވާފައިވާ ޓްވީޓްއެއްގައި ވިދާޅުވެފައި ވަނީ، ދީނާ ޚިލާފު ނުވާ ހުދޫދުގެ ތެރެއިން، ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަން ކަމަކީ އަސާސީ ހައްގެއް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް، މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވަނީ، ސިވިލް ސާވިސްގެ މުވައްޒަފުންނަކީ އޭނާ ވަޒީފާގެ އެއްބަސްވުމުގައި ސޮއި ކުރާ ހިސާބުން ފެށިގެން ކަށްވަޅަށް ދިއުމާ ހަމައަށް އަނގައިން ނުބުނެވޭނެ މީހެއް ކަމަށެވެ.
ސިވިލް ސާވިސްގައި ހުންނަ މީހަކީ ވަކި މިންގަނދު ތަކަކަށް، ވަކި އުސޫލު ތަކަކަށް ތަބަޢަވާން ޖެހޭ މީހެއް ކަމަށެވެ. އަދި ސިވިލް ސާވެންޓުންނަށް ބޭނުންހާ ވާހަކައެއް ނުދެއްކޭނެ ކަމަށާއި ބޭނުންހާ އެއްޗެއް ނުލިޔެވޭނެ ކަމަށް ސަލީމް ވިދާޅުވިއެވެ.
"އޭނާ އަކީ ވަޒީފާގެ އެއްބަސްވުމުގައި ސޮއި ކުރާ ހިސާބުން ކަށްވަޅަށް ދާންދެން އަނގަ މަޑުންލައިގެން ހުންނަން ޖެހޭނެ މީހެއް. ބޭނުން އެއްޗެއް ފޭސްބުކްގައި ނުލިޔެވޭނެ. ބޭނުންތާކު ބޭނުން ވާހަކައެއް ނުދެއްކޭނެ." ސަލީމް ވިދާޅުވިއެވެ.
ސަލީމް މިހެން ވިދާޅުވެފައި ވަނީ، އައްޑޫ މީދޫ ދާއިރާގެ މެމްބަރު އޮޒެއިނާ ހުށަހެޅުއްވި، ސިވިލް ސާވިސްގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލަށް ވާހަކަ ދައްކަވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް