ވޭވަށް ބަނދަރު ތަރައްޤީ ކުރުމަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމެންޓް ސައިޓަށް ގެންގޮސްފި

މ. ވޭވަށް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމެންޓް، މި މަހުގެ 22  ވަނަ ދުވަހު  ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާނެ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ. ވ...

25 Mar 2021 | 04:22

މ. ވޭވަށް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމެންޓް، މި މަހުގެ 22  ވަނަ ދުވަހު  ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާނެ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

ވޭވަށް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ %80  މިހާރު ވަނީ ނިމިފައެވެ.

މި މަޝްރޫޢުގެ ދަށުން، 66،831 ކިއުބިކް މީޓަރުގެ ސަރަޙައްދު ފުންކުރުމާއި، 350 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމުގެ އިތުރުން، 380 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުން ހިމެނެއެވެ.

ވޭވަށް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ނިމޭއިރު 130 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖަހައި، 1880 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، މަގުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ނިމިގެންދާނެ ކަމަށް އެމްޓީސީސީއިން ބުނެއެވެ.

48,863,172.9 (ސާޅީސްއަށް މިލިއަން އަށްލައްކަ ފަސްދޮޅަސްތިންހާސް އެއްސަތޭކަ ހަތްދިހަ ދެރުފިޔާ ނުވަދިހަ އަށްލާރި) ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢުއަކީމިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ  މަޝްރޫޢުއެކެވެ.

މި މަޝްރޫޢު ގައި ސޮއިކުރެވިފައިވަނީ 2019 އޯގަސްޓް 27ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް