ކޮވިޑްގެ ހާލަތާ ގުޅިގެން އަޅާާފައިވާ ރައްކާތެރި ފިޔަވަޅެއްގެ ގޮތުން، މާލެ ސަރަހައްދުގައި ވަކި ވަގުތެއްގައި ވެހިކަލް ނުދުއްވޭ ގޮތަށް އޮތް އޮތުން ބާތިލްކޮށް، ހުރިހާ ވަގުތެއްގައި ވެސް ވެހިކަލް ދުއްވޭގޮތަށް ހުއްދަ ދީފިއެވެ.
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރިފައިވާ އެންގުމެއްގައި ވަނީ، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، މާލެ ސަރަހައްދުގައި ހަވީރު 06:00 އިން ހެނދުނު ު06:00 އަށް ވެހިކަލް ނުދުއްވޭގޮތަށް އޮތް އޮތުން ބާޠިލު ކޮށްފައިވާ ކަމަށެވެ.
މާލެ ސަރަހައްދު (މާލެ، ހުޅުމާލެ، ވިލިނގިލި، ތިލަފުށި،ގުޅީފަޅު، ހުޅުލެ) ގައި ހަވީރު 6:00 އިން ފެށިގެން ހެނދުނު 6:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާ ކޮށްފައިވަނީ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުއެވެ.
މާލެ ސަރަހައްދުގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެން ފެށުމުން ފިޔަވަޅުތައް ވަރުގަދަ ކުރިއެވެ. ރާއްޖޭގައި ކޮވިޑް އަށް ފައްސިވެފައިވާ މީހުންގެ އަދަދު މިހާރު ވަނީ 22،929 އަށް އަރާފައެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް