ސްޓޫޑެންޓް ލޯނު ދެއްކުން ހަ މަހަށް ފަސްކޮށްފި

މަތީ ތައުލީމް ހާސިލްކުރަން ސަރުކާރުން ދޫކޮށްފައިވާ ސްޓޫޑެންޓް ލޯނު ދެއްކުން ހަ މަހަށް ފަސްކޮށްފި އެވެ. މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ބޭންކް އޮފް މޯ...

25 Mar 2020 | 17:43

މަތީ ތައުލީމް ހާސިލްކުރަން ސަރުކާރުން ދޫކޮށްފައިވާ ސްޓޫޑެންޓް ލޯނު ދެއްކުން ހަ މަހަށް ފަސްކޮށްފި އެވެ.

މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ސްޓޫޑެންޓް އަނބުރާ ދެއްކުމުގައި ވެސް ލުއި ގޮތްތަކެއް ހަމަޖައްސައިދޭން ނިންމާފައިވާ ކަމަށެވެ.

4،000 އަށްވުރެ ގިނަ ދަރިވަރުން މަތީ ތައުލީމުގެ ލޯނު އަނބުރާ ދައްކަންޖެހޭ  ކަމަށް ރައީސް ވިދާޅުވި އެވެ

ރައީސް ވިދާޅުވީ ސަރުކާރުން މިހާރު ނިންމާފައިވަނީ ސްޓޫޑެންޓް ލޯނު އަނބުރާ ދެއްކުން ހަ މަސް ދުވަހަށް ފަސްކޮށްދިނުމުގެ އިތުރުން މިހާރު ވެސް ސްޓޫޑެންޓް ލޯނު ސްކީމް ކަނޑައަޅާފައިވާ ގޮތަށް ކުރިއަށްދާނެކަމަށެވެ.

ސްޓޫޑެންޓް ލޯނުގެ އިތުރުން ސަރުކާރުން ވަނީ ގައުމީ ބޭންކުން ދޫކޮށްފައި ހުރި ލޯނުތައް އަނބުރާ ދެއްކުން ވެސް ހަ މަހަށް ލަސްކޮށްދީ، އެ އަނބުރާ ދެއްކުމުގެ މުއްދަތަށް ހަ މަސް ދުވަސް އިތުރުކޮށްދޭން ނިންމައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް