ރާއްޖޭގައި އިންޓަނެޓާ ގުޅޭ ހެޔޮ ބަދަލުތަކެއް ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި އިއުލާނު ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ މި ދުވަސްވަރަކީ ރާއްޖޭގައި އިންޓަނެޓު ބޭނުން ކުރާ މިންވަރު އިތުރުވެފައިވާ ދުވަސްވަރެއް ކަމުން އިންޓަނެޓުގެ މައްސަލައިގައި ރައްޔިތުންނަށް ލުޔެއް ހޯދައިދޭން ޖެހޭ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި އެކަމާ ގުޅޭ މައުލޫމާތު ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މި ދަނޑިވަޅުގައި އިންޓަނެޓުގެ ލުއިތަކެއް ނުލިބޭތީ، ކޮމިއުނިކޭޝަންސް އޮތޯރިޓީއާ ސުވާލުކުރަން، އެ އޮތޯރިޓީގެ އިސްވެރިން މަޖިލީހުގެ ގައުމީ ތަރައްގީއާ ތަރިކައިގެ ކޮމިޓީއަށް ހާޒިރުކޮށްދޭންވެސް މި ފަހުން ވަނީ އެދިފައެވެ. އެ ބޭފުޅުން ހާޒިރު ކުރަން އެދުނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހްމަދު ނަސީމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް