ކޯވިޑް-19: ސްޕެއިން އިން މަރުވި މީހުންގެ އަދަދު ޗައިނާއަށްވުރެ ވެސް އިތުރުވެއްޖެ

ކޯވިޑް-19 ގެ ޝިކާރައަކަށްވެ ސްޕެއިން މަރުވި މީހުންގެ އަދަދު، މި ބަލީގައި ޗައިނާއިން މަރުވި އަދަދަށްވުރެ އިތުރު ވެއްޖެއެވެ. ސްޕެއިން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނި ވެސް ވަނީ 700 އަށްވުރެ ގިނަ މ...

25 Mar 2020 | 16:14

ކޯވިޑް-19 ގެ ޝިކާރައަކަށްވެ ސްޕެއިން މަރުވި މީހުންގެ އަދަދު، މި ބަލީގައި ޗައިނާއިން މަރުވި އަދަދަށްވުރެ އިތުރު ވެއްޖެއެވެ. ސްޕެއިން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނި ވެސް ވަނީ 700 އަށްވުރެ ގިނަ މީހުން މަރުވެފައެވެ.

މިއާއެކު، ސްޕެއިން މިހާރުވެފައިވަނީ، ކޮވިޑް-19 ޖެހިގެން 2 ވަނައަށް އެންމެ ގިނަ މީހުން މަރުވި ގައުމަށެވެ. މި ބަލީގައި މިހާތަނަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ އިޓަލީންނެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ހިސާބުތަކުން ދައްކާގޮތުގައި ސްޕެއިން މިހާތަނަށް 33 ހާހަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ވަނީ ފައްސިވެފައެވެ. އިޓަލީން ފައްސިވި މީހުންގެ އަދަދު އުޅެނީ 64 ހާހާ ގާތުގައެވެ. ސްޕެއިން އިން މިއަދު މަރުވި 738 މީހުންނާއެކު، އެ ގައުމުން ކޮވިޑް-19 ގެ ޝިކާރައަކަށްވެ މަރުވި މީހުންގެ ޖުމްލަ ވަނީ 3434 އަށް އަރާފައެވެ.

ކޮވިޑް-19 ގައި މުޅި ދުނިޔޭގެ ހާލަތު ދުވަހުން ދުވަހަށް ގޯސްވަމުން އަންނައިރު، ގިނަ ގައުމުތަކަކުން އަންނަނީ ރައްކާތެރިކަމުގެ ވަރުގަދަ ފިޔަވަޅުތަކެއް ވެސް އަޅަމުންނެވެ. މިގޮތުން އިންޑިޔާއިން އިއްޔެ އެ ގައުމުގެ 1.3 ބިލިޔަންގެ ބޮޑު އާބާދީ ލޮކްޑައުން ކުރިއިރު، ދިވެހިރާއްޖެއިން ވެސް ވަނީ މިއަދު އެހެން ގައުމުތަކުން ރާއްޖެއަށް މީހުން އައުން މުޅިން މަނާކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް