ޔާމީން ދޫކުރުމުގެ ވިސްނުމެއް ނެތް، ހުރިހާ ގައިދީންނަށް ހަމަހަމަވާނެ: ރައީސް

ކޮރޯނާ ވައިރަސް އާއި ގުޅިގެން ވަކި ގައިދީއަކު މިނިވަން ކުރުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. ކޯވިޑް-19 އާއި ގުޅިގެން ބައެއް ގައުމުތަކުގައި ދަނީ...

25 Mar 2020 | 14:07

ކޮރޯނާ ވައިރަސް އާއި ގުޅިގެން ވަކި ގައިދީއަކު މިނިވަން ކުރުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ކޯވިޑް-19 އާއި ގުޅިގެން ބައެއް ގައުމުތަކުގައި ދަނީ ވައިރަސް ފެތުރިދާނެ ކަމުގެ ބިރަށް އެތައް ހާސް ގައިދީންނެއް މިނިވަން ކުރަމުންނެވެ. އެގޮތުން ބަންގްލަދޭޝްގައި އިދިކޮޅު ލީޑަރު ހާލިދާ ޒިއާ ދޫކޮށްލަންވަނީ ނިންމާފައި އެވެ.

މިކަމާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅެންތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ރައީސް ސޯލިހު ވިދާޅުވީ ވަކި ގައިދީއަކު މިނިވަން ކުރުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށެވެ. ހުރިހާ ގައިދީންނާއި މެދުވެސް އަމަލު ކުރައްވާނީ ހަމަހަމަ އުސޫލަކުން ކަމަށާއި ގައިދީއަކު މިނިވަން ކުރާއިރު އަމަލު ކުރާނީ އެއް އުސޫލަކުން ކަމަށެވެ.

އަދި ގައިދީން މިނިވަން ކުރުމަކީ ވަކި ބޯޑަކުން ވަކި ގޮތްތަކަކަށް ނިންމާ ކަންކަމަށްވާތީ އެކަން އޮންނާނީ އެގޮތަށް ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ އިދިކޮޅު ސިޔާސީ ލީޑަރުންނާއި ސަރުކާރާއި ދެމެދު އަބަދުވެސް މަޝްވަރާ ކުރަމުންދާ ކަމަށެވެ. އެގޮތުން އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުއްﷲ އާއި ވަރަށް ގިނައިން ފޯނުން އެކި ކަންކަމުގައި މަޝްވަރާ ކުރެވިފައިވާނެ ކަމަށެވެ.

އިތުރަށް ވިދާޅުވީ އިދިކޮޅުން އެމަނިކުފާނާއި ވާހަކަ ދައްކަން ބޭނުން ކޮންމެ ވަގުތެއްގައި ވާހަކަ ދެއްކުމުގެ ފުރުސަތު ދީފައިވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް