ރާއްޖެއިން އޮން އެރައިވަލް ވިސާ ދޫކުރުން ހުއްޓާލަން ނިންމައިފި އެވެ.
މި ނިންމުމާއި އެއްގޮތަށް އަމަލު ކުރަން ފަށާނީ މިމަހުގެ27 ވަނަ ދުވަހުން ފެށިގެންނެވެ.
މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ މިގޮތަށް ނިންމީ ކޯވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ. އަދި ސަރުކާރުން ކޯވިޑް-19 އާއި ގުޅިގެން ނިންމާ ހުރިހާ ނިންމުމެއް ނިންމަނީ މިކަމަށް އެކުލަވާލާފައިވާ ސިއްހީ ތަޖުރިބާކާރުންގެ ޓެކްނިކަލް ޓީމުން ދޭ ލަފާއާއި އެއްގޮތަށް ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ އެ ދުވަހުން ފެށިގެން ރާއްޖެއަށް އެއްވެސް ބޭރު މީހަކު ނާންނާނެ ކަމަށެވެ. އެކަމަކު ރާއްޖެއިން ބޭރުގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ ހުރިހާ ފަރާތްތައް ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރާނެ ކަމަށެވެ.
އެކަމުގައި އިސްކަން ދޭނީ ކޯވިޑް-19 އާއި ގުޅިގެން ހާލަތު ސީރިއަސް ގައުމުތަކަށް ކަމަށް ރައީސް ވިދާޅުވި އެވެ.
އޮން އެރައިވަލް ވިސާގައި އާންމުކޮށް ރާއްޖެ އަންނަނީ ޓޫރިސްޓުންނެވެ. މި ވިސާދޫކުރުން ހުއްޓާލަން ނިންމި އިރު ވައިރަސް އާއި ގުޅިގެން ރާއްޖެއަށް ޓޫރިސްޓުން އައުން ވަނީ ގާތްގަނޑަކަށް އެއްކޮށް ހުއްޓިފައި އެވެ.
މިދިޔަ ހޯމަ ދުވަހުވެސް އައީ އެންމެ133 ޓޫރިސްޓުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް