ޕްރިންސް ޗާލްސް ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

އިނގިރޭސިވިލާތުގެ، ޕްރިންސް ޗާލްސް، ޕްރިންސް އޮފް ވޭލްސް، ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށް އިނގިރޭސި ކްލަރެންސް ހައުސްއިން ބުނެފިއެވެ. މިކަން ހާމަކޮށް އެ ހައުސްއިން ނޫސްބަޔާނެއް ނެރެފައިވާއިރު ބު...

25 Mar 2020 | 11:22

އިނގިރޭސިވިލާތުގެ، ޕްރިންސް ޗާލްސް، ޕްރިންސް އޮފް ވޭލްސް، ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށް އިނގިރޭސި ކްލަރެންސް ހައުސްއިން ބުނެފިއެވެ.

މިކަން ހާމަކޮށް އެ ހައުސްއިން ނޫސްބަޔާނެއް ނެރެފައިވާއިރު ބުނެފައިވަނީ ކޯވިޑަށް ޕްރިންސް ޗާލްސް ޕޮޒިޓިވް ވެފައިވީނަމަވެސް ހާލު މިވަގުތު ރަނގަޅު ކަމަށެވެ.

ޗާލްސްގެ އުމުރުފުޅަކީ މިހާރު 71 އަހަރެވެ. އުމުރުން 60 އަހަރުން މަތީގެ މީހުންނަށް މި ވައިރަހަކީ ނުރައްކާތެރި ވައިރަހެއްގެ ގޮތުގައި އަންނަނީ ސިފަކުރަމުންނެވެ.

ކްލެރެންސް ހައުސްއިން އިތުރަށް ހާމަކޮށްފައިވާގޮތުގައި ޕްރިންސް ޗާލްސް ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު އޭނާގެ އަންހެނުން ކެމިލާ ރޯޒްމެރީ ސޭންޑްވެސް މިހާރު ވަނީ ކޯވިޑް-19 އަށް ޓެސްޓް ކޮށްފައެވެ. ނަމަވެސް އެ ޓެސްޓްގެ ނަތީޖާ އަދި ލިބިފައިނުވާކަމަށް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް