އާންމުން މެދުވެރިކޮށް ދުވަސްވީ މީހުންގެ މައޫލޫމާތު ހޯދުން ހުއްޓާލައިފި

އާންމުން މެދުވެރިކޮށް އުމުރުން ދުވަސްވީ މީހުންގެ މައުލޫމާތު ހޯދުމަށް ޖެންޑާ މިނިސްޓްރީން އިއްޔެ ފެށި މަސައްކަތް މިއަދު ހުއްޓާލައިފި އެވެ. އިމަޖެންސީ ހާލަތެއްގައި އުމުރުން ދުވަސްވީ މީހުންނަށް އަވަސްކަމ...

25 Mar 2020 | 09:50

އާންމުން މެދުވެރިކޮށް އުމުރުން ދުވަސްވީ މީހުންގެ މައުލޫމާތު ހޯދުމަށް ޖެންޑާ މިނިސްޓްރީން އިއްޔެ ފެށި މަސައްކަތް މިއަދު ހުއްޓާލައިފި އެވެ.

އިމަޖެންސީ ހާލަތެއްގައި އުމުރުން ދުވަސްވީ މީހުންނަށް އަވަސްކަމާ އެކު ހިދުމަތް ދިނުމަށްޓަކައި، މައުލޫމާތު އެއްކުރަން ޓްވިޓާ މެދުވެރިކޮށް ޖެންޑާ މިނިސްޓްރީން އިއްޔެ ފޯމެއް ދައުރުކުރި އެވެ.

ނަމަވެސް މި މަސައްކަތް މިކަމާ ގުޅޭ އިދާރާތަކުން ކުރަން ފެށުމުން އެ ފޯމު މިހާރު ވާނީ ނަގާފައި ކަމަށް އެ މިނިސްޓްރީން މިއަދު ބުންޏެވެ.

https://twitter.com/MoGFSSmv/status/1242727942792179712

އުމުރުން ދުވަސްވީ މީހުންގެ މައުލޫމާތު އެއްކުރުން ހުއްޓާލި ސަބަބެއް މިނިސްޓްރީން އަންގާފައެއް ނުވެއެވެ.

ކޮރޯނާވައިރަސް ނުވަތަ ކޯވިޑް-19 އަށް ރާއްޖެއިން 13 މީހަކު ޕޮޒިޓިވް ވެފައިވާއިރު ފަސް މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް