އިހްސާން ފިހާރަތަކުން ޑެލިވަރީގެ ހިދުމަތް ދޭން ނިންމައިފި

ގިނަ އަދަދެއްގެ އާންމުން ވިޔަފާރި ކުރަމުން އަންނަ، އިހްސާން ފިހާރަތަކުން ޑެލިވަރީގެ ހިދުމަތް ދޭން ނިންމައިފި އެވެ. އިހުސާން ފިހާރަތަކުން ބުނީ، ކޯވިޑް-19 އާ ގުޅިގެން އާންމުން ގޭގާއި ތިބުމަށް ހިތްވަރު ދ...

25 Mar 2020 | 09:10

ގިނަ އަދަދެއްގެ އާންމުން ވިޔަފާރި ކުރަމުން އަންނަ، އިހްސާން ފިހާރަތަކުން ޑެލިވަރީގެ ހިދުމަތް ދޭން ނިންމައިފި އެވެ.

އިހުސާން ފިހާރަތަކުން ބުނީ، ކޯވިޑް-19 އާ ގުޅިގެން އާންމުން ގޭގާއި ތިބުމަށް ހިތްވަރު ދިނުމުގެ ގޮތުން މިދުވަސްވަރު އާންމުން ގޭގައި ތިބުމަށް ބާރު އެޅުމުގެ ގޮތުން 100ރ. އިން މަތީގެ ހުރިހާ ވިޔަފާރިއެއް ޑެލިވަރީ ކުރުމަށް ނިންމާފައިވާ ކަމަށެވެ. ޑެލިވަރީގެ ހިދުމަތް ދެނީ ހެނދުނު 09:00 ން ރޭގަނޑު 10:00 އަށެވެ. މާލޭގެ ކޮންމެ ތަނަކަށް އިހްސާނު ފިހާރައިން ޑެލިވަރީ ކޮށްދޭ އިރު 7291003 އަށް ވައިބާއިން މެސެޖުކޮށްގެން ޑެލިވަރީގެ ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށް އެ ފިހާރައިން ބުނެއެވެ.

އޯޑަރު ދޭ އިރު ބޭނުންވާ އައިޓަމާއި އެޑްރެހާއި ފޯނު ނަންބަރު ވައިބާކޮށްލެވޭނެ އެވެ.

ކޯވިޑް-19 އަށް ރާއްޖެއިން 13 މީހަކު ޕޮޒިޓިވް ވެފައިވާ އިރު އޭގެތެރެއިން ފަސް މީހަކު ވަނީ މި ބަލިން ރަނގަޅު ވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް