މިހާރު ފެތުރެމުންދާ ކޯވިޑް-19 އިން ރައްކާތެރިވުމަށް އަޅާފިޔަވަޅެއްގެ ގޮތުން، ހުޅުމާލޭ ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
މާލޭ ސިޓީ ކައުންސިލާއި އެމްއެންޑީއެފް ގުޅިގެން ކުރަމުންދާ މި މަސައްކަތުގެ ދަށުން ހުޅުމާލޭގެ މަގުތައް ޑިސްއިންފެކްޓްކުރަން ފަށާފައި ވަނީ މިއަދު ހެނދުނެވެ.
ކޮރޯނާ ވައިރަހުގެ ނުރައްކާ ކުރިމަތިވެފައިވާތީ ތަންތަން ސާފުކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތުގެ ތެރެއިން މިދިޔަ ހޯމަ ދުވަހު ވަނީ މާލޭގެ މަގުތައް ވެސް ޑިސްއިންފެކްޓްކޮށްފަ އެވެ.
ރާއްޖެއިން މިހާ ތަނަށް 13 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައި ވާއިރު މީގެތެރެއިން ފަސް މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް