ކޯވިޑް-19: ދުވަސްވީ މީހުން ރަޖިސްޓްރީ ވާން އަންގައިފި

ދުނިޔޭގައި މި ވަގުތު ހަލުވިކަމާ އެކު ފެތުރެމުންދާ ކޯވިޑް-19 އިން ދުރާލާ ރައްކާ ތެރިވުމުގެ ގޮތުން، އުމުރުން 65 އަހަރަށް ވުރެ މަތީގެ މީހުން ރަޖިސްޓްރީ ވާން ޖެންޑާ މިނިސްޓްރީން މިއަދު އެދިއްޖެ އެވެ. މިނި...

25 Mar 2020 | 08:18

ދުނިޔޭގައި މި ވަގުތު ހަލުވިކަމާ އެކު ފެތުރެމުންދާ ކޯވިޑް-19 އިން ދުރާލާ ރައްކާ ތެރިވުމުގެ ގޮތުން، އުމުރުން 65 އަހަރަށް ވުރެ މަތީގެ މީހުން ރަޖިސްޓްރީ ވާން ޖެންޑާ މިނިސްޓްރީން މިއަދު އެދިއްޖެ އެވެ.

މިނިސްޓްރީން ބުނީ އެތަނުން މަސައްކަތް ކުރަމުން އަންނަނީ ދުވަސްވީ މީހުންގެ މައުލޫމާތު އެއްކުރަން ކަމަށެވެ. އޮންލައިންކޮށް ފޯމެއް ފުރަން މިނިސްޓްރީން އެދިފައިވާ އިރު، މިނިސްޓްރީއާ އެކު ހިއްސާ ކުރާ އެއްވެސް މައުލޫމާތެއް އެހެން ފަރާތްތަކަށް ހިއްސާ ނުކުރާނެ ކަމަށް ވެސް ބުނެފައި ވެ އެވެ. އެގޮތުން މި މައުލޫމާތު ބޭނުން ކުރާނީ އެމަޖަންސީ ހާލަތެއް ދިމާވެއްޖެ ނަމަ، އެ ވަގުތެއްގައި ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ދޭން އެކަނި ކަމަށް މިނިސްޓްރީން ބުނެ އެވެ.

އެ މިނިސްޓްރީން ބުނީ އެ މީހެއްގެ ނަމާއި އުމުރާއި އައިޑީކާޑު ނަންބަރާއި ދާއިމީ އަދި ވަގުތީ އެޑްރެސްގެ އިތުރުން ޖެންޑާ މިނިސްޓްރީން ހޯދަން ބޭނުން ވަނީ، ސިއްހީ މައްސަލައެއް ހުރިތޯ އެވެ. އަދި އެ މީހެއްގެ ދިރިއުޅުމުގެ ހާލަތާއި އެ މީހަކު އުޅެނީ އާއިލާއާ އެކު ނުވަތަ އެހެން ގުޅުމެއް އޮންނަ ބަޔަކާ އެކު ނުވަތަ އެކަނި ކަމަށް ޖެންޑާ މިނިސްޓްރީން ބުނެއެވެ.

ވީހާ ވެސް ގިނަ ބަޔަކު މި ފޯމު ފުރަން މިނިސްޓްރީން އެދިފައި ވެ އެވެ.

ކޯވިޑް-19 އަށް ރާއްޖެއިން 13 މީހަކު މިހާތަނަށް ޕޮޒިޓިވް ވެފައިވާ އިރު އޭގެ ތެރެއިން ފަސް މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ. މިބަލި ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަންނަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް