ކޯވިޑް-19 އަށް ތައްޔާރުވުމުގެ ޑްރިލް ތަކެއް މާލޭގައި ކުރިޔަށް ދަނީ!

ކޯވިޑް-19 ޖެހިފައިވާ މީހަކު ފެނިއްޖެ ނަމަ އަމަލުކުރާނެ ގޮތުގެ ޑްރިލް އެއް މާލޭގައި ކުރިޔަށް އެބަ ގެންދެ އެވެ. ނެޝަނަލް އެމަޖެންސީ އޮަޕަރޭޝަން ސެންޓަރުން ކުރިޔަށް ގެންދާ މި ޑްރިލްތައް މާލޭގެ ތިން ސަރަހ...

25 Mar 2020 | 08:04

ކޯވިޑް-19 ޖެހިފައިވާ މީހަކު ފެނިއްޖެ ނަމަ އަމަލުކުރާނެ ގޮތުގެ ޑްރިލް އެއް މާލޭގައި ކުރިޔަށް އެބަ ގެންދެ އެވެ.

ނެޝަނަލް އެމަޖެންސީ އޮަޕަރޭޝަން ސެންޓަރުން ކުރިޔަށް ގެންދާ މި ޑްރިލްތައް މާލޭގެ ތިން ސަރަހައްދެއްގައި ކުރިޔަށް ގެންދާނެ އެވެ. މި ޑްރިލް ކުރިޔަށް ގެންދާނީ މިއަދު މެންދުރު12:30 ފެށިގެން ހަވީރު 3:30 އަށެވެ.

ޑްރިލް ކުރިޔަށް ގެންދާނީ މެންދުރު 1:00 ގައި އެދުރުވެހި ސަރަހައްދުގައި އާއި 2:00 ގައި ގާކޮށި ސަރަހައްދުގައި އެވެ. އަދި 3:00 ގައި މއ. ވިިޔަނި ހިމެނޭ ސަރަހައްދުގައި ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

ޑްރިލް ކުރިޔަށްދާއިރު އެ ސަރަހައްދުތަކަށް މީހުން ވަދެ ނުކުތުން މަނާ ކުރާނެ އެވެ.

މީގެ ކުރިންވެސްވަނީ މިފަދަ ޑްރިލްއެއް މާފަންނު ބިސް ބުރު ކައިރީގައި ކުރިޔަށް ގެންގޮސްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް