ކޯވިޑް-19: ޕޯޗުގަލްގެ ހޮސްޕިޓަލަކަށް ރޮނާލްޑޯ އާއި މެންޑެސްގެ ފަރާތުން 1 މިލިޔަން ޔޫރޯ

ކޯވިޑް-19 އާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައަށް އެހީވުމަށް، ޕޯޗުގަލްގެ ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އޭނާގެ އެޖެންޓް ޖޯޖް މެންޑެސް، ޕޯޗުގަލްގެ ހޮސްޕިޓަލަކަށް 1 މިލިޔަން ޔޫރޯ ހަދިޔާ ކޮށް...

25 Mar 2020 | 07:46

ކޯވިޑް-19 އާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައަށް އެހީވުމަށް، ޕޯޗުގަލްގެ ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އޭނާގެ އެޖެންޓް ޖޯޖް މެންޑެސް، ޕޯޗުގަލްގެ ހޮސްޕިޓަލަކަށް 1 މިލިޔަން ޔޫރޯ ހަދިޔާ ކޮށްފިއެވެ.

ރޮނާލްޑޯ އާއި އޭނާގެ އެޖެންޓްގެ މި ޑޮނޭޝަން ބޭނުން ކުރާނީ އެ ހޮސްޕިޓަލްގެ ތިން އިންޓެންސިވް ކެއަރ ޔުނިޓްއަށް އެހީތެރިކަން ފޯރުކުރުމަށެވެ. މިގޮތުން، ލިސްބަންގެ ސަންތަ މަރިއާ އަދި ސަންތޯ އެންޓޯނިއޯ ހޮސްޕިޓަލްގެ އައިސީޔޫ އަށް ބޭނުންވާ އާލާތްތައް އެ ދެ މީހުންގެ އެހީއިން ގަންނާނެއެވެ.

ކޮވިޑް-19 އާއެކު ދުނިޔެއަށް ކުރިމަތިވެފައިވާ ހާލާތުން އަރައިގަތުމަށް އަންގާރަ ދުވަހު ރޮނާލްޑޯ އާއި އޭނާގެ އެޖެންޓް 1 މިލިޔަން ޔޫރޯ ހަދިޔާ ކުރިއިރު، މެސީ އާއި ގާޑިއޯލާ ވެސް ވަނީ ހަމަ މި އަދަދަށް އެކިއެކި ފަރާތްތަކަށް އެހީ ފޯރުކޮށްދީފައެވެ.

"އަހަރެމެންނަށް ޖޯޖު މެންޑެސް (ރޮނާލްޑޯގެ އެޖެންޓް) ގުޅި. އަދި ރޮނާލްޑޯ އާ ގުޅިގެން، ކޮވިޑް-19 ޖެހިގެން ހާލު ބޮޑުވާ މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ 2 އިންޓެންސިވް ކެއަރ ޔުނިޓްއަށް ފަންޑު ކޮށްދޭން ނިންމި" ސަންތަ މަރިއާގެ ރައީސް ޑެނިއެލް ފެރޯ ބުންޏެވެ.

ރޮނާލްޑޯ އާއި މެންޑެސްގެ އެހީގެ ބޭނުން ހިފައި، ފަންކާ، މޮނީޓަރުތައް، އިންފިއުޝަން ޕަމްޕްތަކާއި އެނދުގެ އިތުރުން ބޭނުންވާ ހުރިހާ އިކުއިޕްމަންޓްތަކެއް ވެސް ގަންނާނެކަމަށް ހޮސްޕިޓަލުން ބުންޏެވެ.

މީގެ ކުރިން މެންޑެސް ވަނީ އެއް ހާސް މާސްކާއި، 2 ލައްކަ ޕްރޮޓެކްޓިވް ގައުން ވެސް ޕޯޗުގަލްގެ ހޮސްޕިޓަލަކަށް ހަދިޔާކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް