"ވެށިފަހި މާލެ ޕްރޮގްރާމް"ގެ ދަށުން ފްލެޓާއި ގޯތި ނުލިބޭ ފަރާތްތަކުގެ މައުލޫމާތު ހޯދުމަށް ލިޔެކިޔުންތައް ހުށަހަޅަން ހުޅުވާލި މުއްދަތު އިތުރުކޮށްފިއެވެ.
އެކަންހާމަކޮށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާބަން ޑިވެލޮޕްމަންޓް އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކޯވިޑް-19އާއި ގުޅިގެން ސަރުކާރު އޮފީސްތައް 19 މާރިޗު އިން ފެށިގެން ބަންދުކުރުމަށް ސަރުކާރުން ނިންމާފައިވާތީ ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން މާލެއިން ދޫކޮށްލާ ބިމުގެ ބަދަލުގައި ހުޅުމާލެއިން ގޯތި ލިބޭނެކަމަށް ސަރުކާރުން ލިޔުން ދޫކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ބޯހިޔާވަހިކަން ހަމަނުޖެހޭ ފަރާތްތަކުން އެކަމާއި ގުޅޭލިޔުންތައް މި މިނިސްޓްރީއަށް ހުށަހެޅުމަށް ކުރިން ދީފައިވާ މުއްދަތު ސަރުކާރު ހުޅުވޭ ތާރީޚުން ފެށިގެން 3 ދުވަހުގެ މުއްދަތަށް އިތުރުކޮށްފައިވާ ކަމަށެވެ.
މިނިސްޓްރީން ކުރިން ކޮށްފައިވާ އިއުލާންގައި މައުލޫމާތު ހިއްސާކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ މަހުގެ 24 އިން ފެށިގެން މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށެވެ. ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ފްލެޓާއި ގޯތި ނުލިބުނު ފަރާތްތަކުން އެ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި ދޫކޮށްލުމަށް އެއްބަސްވި ގޭގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަން ޖެހޭނެ ކަމަށްވެސް މިނިސްޓްރީއިން ވަނީ ބުނެފައެވެ.
އެ ޕްރޮގްރާމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހިންގި ޕްރޮގްރާމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް