ކޯވިޑް-19: ގައުމުތަކުގެ އިހުސާސް ދެނެގަނެ ރާއްޖެ އަމަލު ކުރަމުންދަނީ ތަފާތުކޮށް: ޒާން

ކޯވިޑް-19 ގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ހާސް ބަޔަކު މަރުވަމުންދާއިރު އެ ގައުމުތަކުގެ އިހުސާސްތައް ރާއްޖެއިން ދެނެގަނެ އަމަލު ކުރަމުންދަނީ ވަރަށް ތަފާތުކޮށް ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑ...

25 Mar 2020 | 06:31

ކޯވިޑް-19 ގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ހާސް ބަޔަކު މަރުވަމުންދާއިރު އެ ގައުމުތަކުގެ އިހުސާސްތައް ރާއްޖެއިން ދެނެގަނެ އަމަލު ކުރަމުންދަނީ ވަރަށް ތަފާތުކޮށް ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒާން ލިއޮން ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ އެމެރިކާގެ ވޮޝިންޓަން ޕޯސްޓުގެ ނޫސްވެރިއަކު ކުރި ޓުވީޓަކަށް ޖަވާބު ދެއްވަމުންނެވެ.

އެ ޓުވީޓުގައި އެމިލީ ރައުހަލާ ބުނެފައިވަނީ ކޯވިޑް-19 އިން ލިބޭ އެންމެ ހިތްދަތި ފިލާވަޅަކީ އެމެރިކާއިން ޗައިނާގެ ހިތްދަތިކަން ދެނެ ނުގަތް ކަމެވެ. އަދި ދެންވެސް ނުގަންނާނެ ކަމެވެ. އޭނާ ބުނެފައިވާ ގޮތުގައި މިހާރު އެމެރިކާގައި ވައިރަސްއާއި ގުޅިގެން ހިނގާ ބިރުވެރި ކޮންމެ ކަމެއް ވޫހާން ސިޓީގައި ވަނީ ހިނގާ ނިމިފަ އެވެ. އެކަން ވޮޝިންޓަން ޕޯސްޓުގެ ހަބަރުތަކުގައި ގެނެސްދީފައިވާނެ ކަމަށާއި އެކަމަކު އެމެރިކާގެ ގިނަ މީހުން އެކަމަށް އަޅާ ނުލި ކަމަށެވެ.

އެ ޓުވީޓަށް ޖަވާބު ދެއްވަމުން ޒާން ވިދާޅުވެފައިވަނީ ރާއްޖޭގައި ކޮރޯނާ ވައިރަސް އާއި ގުޅިގެން އަމަލު ކުރަމުންދަނީ ވަރަށް ތަފާތުކޮށް ކަމަށެވެ. ޒާން ވިދާޅުވީ ވައިރަސް ފެތުރެން ފެށީންސުރެ ރާއްޖޭގައި މިކަމަށް ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށެވެ.

އަދި އެކަމާ އޭނާ ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ.

https://twitter.com/AmbassadorZhang/status/1242658357007147012

ކޮރޯނާ ވައިރަސްގައި މުޅި ދުނިޔޭން ހަތަރު ލައްކައަށްވުރެ ގިނަ މީހުން ޕޮސިޓިވްވެފައިވާއިރު މިހާތަނަށް ރާއްޖެއިން ފެނިފައިވަނީ13 މީހުންނެވެ. އޭގެ ތެރެއިން ފަސް މީހަކު ވަނީ ރަނގަޅުވެފައި އެވެ.

ވައިރަސް ރާއްޖެއަށް ފެތުރުނަ ނުދިނުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންދާއިރު ޓޫރިސްޓެއްގެ ފަރާތުން އާންމުނަށް ބަލި ނުފެތުރޭނެ ހުރިހާ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް