ޕާކިސްތާނުގައި ތިބި ހަ ދަރިވަރަކު ރާއްޖެ ގެންނަނީ

ޕާކިސްތާނުގައި ތިބި މެޑިސިން ކިޔަވާ ދިވެހިކުދިންގެ ތެރެއިން ހަ ދަރިވަރަކު މިރޭ ރާއްޖެ ގެނެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ. ކޯވިޑް-19 ގެ ކަންކަމުގައި ވޮލެންޓިއާ ކުރަން ބޭނުންވާ ރާއްޖެއިން ބ...

25 Mar 2020 | 06:20

ޕާކިސްތާނުގައި ތިބި މެޑިސިން ކިޔަވާ ދިވެހިކުދިންގެ ތެރެއިން ހަ ދަރިވަރަކު މިރޭ ރާއްޖެ ގެނެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ކޯވިޑް-19 ގެ ކަންކަމުގައި ވޮލެންޓިއާ ކުރަން ބޭނުންވާ ރާއްޖެއިން ބޭރުގައި މެޑިސިން ކިޔަވަންތިބި ދަރިވަރުންނަށް ރާއްޖެ އައުމުގެ ފުރުސަތު ސަރުކާރުން ހުޅުވާލާފައެވެ. އެގޮތުން ޕާކިސްތާނުގައި ތިބި ކުދިންގެ ތެރެއިން 13 ކުއްޖަކު ވަނީ ސަރުކާރުގެ އެހީގައި ރާއްޖެ އައުމަށް ބޭނުންވާކަމަށް ރަޖިސްޓްރީ ކޮށްފައެވެ. ފުރަތަމަ އަންނަ ހަ ދަރިވަރުން ދޯހާ މަގުން މިރޭ ރާއްޖެ ގެނެވޭނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދީފައިވެއެވެ.

އަދި އެއީ މިދަނޑިވަޅަށް ޖާގަ ލިބުނު މިންވަރުކަމަށްވެސް  ފޮރިން މިނިސްޓްރީން ބުނެފައި ވެއެވެ.

ޕާކިސްތާނުގެ އިތުރުން ނޭޕާލްގައި ތިބި މެޑިސިން ކިޔަވާ35 ދަރިވަރަކު ވަނީ ސަރުކާރުގެ ހަރަދުގައި ރާއްޖެ ގެނެސްފައި އެވެ. ނޭޕާލްގައި ތިބި އިތުރު 65 ކުއްޖަކު ރާއްޖެ ގެނައުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

އެކަމަކު މިހާރު އެ ގައުމުގެ ބޯޑަރު ބަންދުކޮށްފައި އޮތުމުން އެކަމުގައި ދަތިތަކެއް ވަނީ ކުރިމަތިވެފައި އެވެ. ސަރުކާރުން ބުނީ އެކުދިންގެ ހާލު ސަރުކާރުން ގާތުން ބަލަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް