ކޯވިޑް-19: މެސީގެ ފަރާތުން 1 މިލިޔަން ޔޫރޯގެ އެހީއެއް

ކޮވިޑް-19 އާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައަށް އެހީވުމުގެ ގޮތުން ބާސެލޯނާގެ ތަރި ލިއޮނަލް މެސީ 1 މިލިޔަން ޔޫރޯ ހަދިޔާކޮށްފިއެވެ. މެސީގެ މި އެހީ ދިނުމަށް ހަމަޖެހިފައިވަނީ ބާސެލޯނާގައި ހުންނަ ހޮސްޕ...

25 Mar 2020 | 06:08

ކޮވިޑް-19 އާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައަށް އެހީވުމުގެ ގޮތުން ބާސެލޯނާގެ ތަރި ލިއޮނަލް މެސީ 1 މިލިޔަން ޔޫރޯ ހަދިޔާކޮށްފިއެވެ.

މެސީގެ މި އެހީ ދިނުމަށް ހަމަޖެހިފައިވަނީ ބާސެލޯނާގައި ހުންނަ ހޮސްޕިޓަލް ކްލިނިކްގެ އިތުރުން އާޖެންޓީނާގައި ހުންނަ މެޑިކަލް ސެންޓަރަކަށެވެ.

"ކޮރޯނާ ވައިރަސްއާ ދެކޮޅަށް ކުރާ ހަނގުރާމައަށް އެހީވުމަށް މެސީ ހަދިޔާ ކޮށްފި. ތިބާގެ އެހީތެރިކަމާ އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރިއްޔާ ލިއޯ (މެސީ)" ހޮސްޕިޓަލް އިން މީސްމީޑިޔާގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ލިއޮނަލް މެސީ ކޮވިޑް-19 އާ ދެކޮޅަށް ކުރާ ހަނގުރާމައަށް އެހީތެރިކަން ފޯރުކޮށްދިން އިރު، މަޝްހޫރު އެހެން ކުޅުންތެރިންނާއި ކޯޗުން އަދި ފުޓްބޯޅަ ކްލަބް ތަކުން ވެސް އަންނަނީ މިފަދައިން އެހީތައް ދެމުންނެވެ.

މިގޮތުން، މެންޗެސްޓާ ސީޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވެސް ވަނީ އަންގާރަ ދުވަހު، ޞިއްހީ އެހީތެރިކަމަށް ބޭނުންވާ ސާމާނު ގަތުމަށް ބާސެލޯނާގައި ހުންނަ ކޮލް.ލެގި ޑި މެޓްގެސް އަށް 1 މިލިޔަން ޔޫރޯ ހަދިޔާކޮށްފައެވެ.

ކޮވިޑް-19 އާއެކު ދުނިޔޭގެ ފުޓްބޯޅައަށް ހުއްޓުމެއް އަހިސްފައިވާއިރު، ކޮވިޑްގެ ވަބާއިން ސަލާމަތްވުމަށް ކުރާ މަސައްކަތަށް އެހީވުމަށް، ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން ވެސް ވަނީ ޑަބްލިޔު އެޗް އޯ އަށް 10 މިލިޔަން ޑޮލަރު ހަދިޔާކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް