މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް ނުވަތަ ކޯވިޑް-19 އާ ގުޅިގެން ލިބެމުންދާ ގެއްލުންތަކުގެ ސަބަބުން ކްރައުން އެންޑް ޗަމްޕާ ކުންފުނީގެ ހުރިހާ ރިސޯޓަކާއި ހޮޓަލެއް ވަގުތީގޮތުން ބަންދުކުރަން ނިންމައިފި އެވެ.
އެކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ އެކުންފުނީގެ ހުރިހާ ރިސޯޓެއް އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން، ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ބަންދުކުރަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން މިހުރިހާ ރިސޯޓެއް ބަންދުކުރި ނަމަވެސް އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައި ނުވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
ޗަމްޕާ ކުންފުނިން ހަތް ރިސޯޓެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގަމުން އަންނައިރު، ޗަމްޕާ ސެންޓްރަލް ހޮޓަލުގެ ނަމުގައި މާލޭގައި ހޮޓަލެއް ވެސް ހިންގައެވެ. ބަޔާނުގައިވާ ގޮތުން މި ހުރިހާ ތަނެއްވެސް ބަންދު ކުރާނެ އެވެ.
ރާއްޖެއިން އެންމެ ފުރަތަމަ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހެއް ފެނިފައިވަނީ ޗަންޕާ ކުންފުނިން ހިންގަމުން އަންނަ ކުރެންދޫ އައިލެންޑް ރިސޯޓުންނެވެ. އެއީ އެ ރިސޯޓްގައި ޗުއްޓީ ހޭދަކުރި ބިދޭސީ އެއްގެގައިންނެވެ. އެ ރިސޯޓްގެ ޖުމްލަ ފަސް މީހަކު މި ބައްޔަށް ޕޮޒިޓިވް ވެފައިވެއެވެ. އޭގެ ތެރެއިން ދެ މީހަކު ވަނީ ރަނގަޅުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް