މިދަނޑިވަޅުގައި އިންޓަނެޓް އަގު ހެޔޮ ނުކުރާތީ ޓެލެކޮމް އޮތޯރިޓީގެ ވެރިން މަޖިލީހަށް

ކޮރޯނާ ވައިރަސް އާއި ގުޅިގެން ގޭގައި ތިބެގެން ތައުލީމާއި މަސައްކަތް ކުރަން ޖެހިފައިވާ މިދަނޑިވަޅުގައި އިންޓަނެޓްގެ ހިދުމަތް އަގުހެޔޮ ނުވާކަމަށް ވިދާޅުވެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް...

25 Mar 2020 | 02:14

ކޮރޯނާ ވައިރަސް އާއި ގުޅިގެން ގޭގައި ތިބެގެން ތައުލީމާއި މަސައްކަތް ކުރަން ޖެހިފައިވާ މިދަނޑިވަޅުގައި އިންޓަނެޓްގެ ހިދުމަތް އަގުހެޔޮ ނުވާކަމަށް ވިދާޅުވެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސިޓީއެއް ފޮނުއްވައިފި އެވެ.

މީކާއިލް ނަޝީދަށް ފޮނުއްވި ސިޓީގައި އެދިފައިވަނީ މި މައްސަލައިގަ ސުވާލު ކުރުމަށް ޓެލެކޮމިއުނިކޭޝަން އޮތޯރިޓީގެ އިސްވެރިން މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ އަށް ހާޒިރު ކުރުމަށެވެ. މީކާއިލްް ވިދާޅުވީ އެ އޮތޯރިޓީ އަކީ ޓެލެކޮމިއުނިކޭޝަން ހިދުމަތްތައް ރެގިއުލޭޓްކޮށް، އެ ހިދުމަތްތަކުގެ އަގު ކަނޑައެޅުމުގެ ބާރު، ގާނޫނުން ލިބިދީފައިވާ އޮތޯރިޓީއަކަށް ވީ އިރު، އެ ހިދުމަތްތަކުން ލުޔެއް ހޯދައިދޭން މި ހާލަތުގައި މަސައްކަތް ކުރަމުންދާތަން ނުފެންނަ ކަމަށެވެ.

މީކާއިލްގެ ސިޓީގައި ވިދާޅުވެފައިވަނީ މުވާސަލާތީ ހިދުމަތް އަދި ހާއްސަކޮށް އިންޓަނެޓުގެ ހިދުމަތަކީ މިވަގުތު ޒަރޫރީ ހިދުމަތަކަށް ވެފައިވާ ކަމަށެވެ. ނަމަވެސް މި ހައްސާސް ދަނޑިވަޅުގައިވެސް ރާއްޖޭގެ މުވާސަލާތީ ހިދުމަތްދޭ ކުންފުނިތަކުން އެކަށީގެންވާ ލުޔެއް ރައްޔިތުންނަށް ދެމުން ނުދާ ކަމަށެވެ.

އެ އޮތޯރިޓީގެ ވެރިން މަޖިލީހަށް ހާޒިރު ކުރުމަށް މީކާއިލް އެދިވަޑައިގެންފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 159 ވަނަ މާއްދާގެ ދަށުންނެވެ.

އިންޓަނެޓްގެ އަގު ހެޔޮ ކުރުމާއި ގުޅޭ މައްސަލައެއް މީކާއިލް ހުށަހެޅުއްވި އިރު މަޖިލީހުގެ ޖަލްސާތައް ގޭގައި ތިބެގެން ކުރިޔަށް ގެންދާގޮތަށް ވަނީ ނިންމާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް