ކޯވިޑް-19: ރަޝިއާގަ ކަރަންޓީން ކުރިން ތިން ދިވެހިން ބައްޔަށް ނެގެޓިވް

ރަޝިއާއަށް ދިޔަ ތިން ދިވެހިން ކޮރޯނާ ވައިރަހަށް ނެގެޓިވްވެފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ. އެ ދިން ދިވެހިންނަކީ ރަޝިއާގައި މެޑިސިން ކިޔަވާ ކުދިންތަކެކެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސަރ...

25 Mar 2020 | 01:13

ރަޝިއާއަށް ދިޔަ ތިން ދިވެހިން ކޮރޯނާ ވައިރަހަށް ނެގެޓިވްވެފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

އެ ދިން ދިވެހިންނަކީ ރަޝިއާގައި މެޑިސިން ކިޔަވާ ކުދިންތަކެކެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ތިން ކުދިންވެސް ބައްޔަށް ނެގެޓިވްވެފައިވާކަން އެގަައުމުގެ ސަރުކާރުން ރާއްޖެއަށް އަންގާފައިވާ ކަމަށެވެ. މީގެ ތެރެއިން ފުރަތަމަ ނަތީޖާ ނެގެޓިވްވި ދެ ކުދިން ދެ ފަހަރު ވައިރަހަށް ޓެސްޓު ކުރި ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ކުދިންގެ ހާލަތު ސަރުކާރުން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.

އެ ތިން ކުދިން ކަރަންޓީން ކުރީ ރާއްޖެއިން ރަޝިއާއަށް ދިއުމުން ނެވެ. ވައިރަހަށްް ޓެސްޓު ކުރަން ނިންމީ ތިން ކުދިންގެ ގައިންވެސް ވައިރަހުގެ އަލާމާތްތައް ފެންނަން ހުރުމުން ކަމަށް ރަޝިއާ ސަރުކާރުން ބުނެފައިވެ އެވެ.

މިހާތަނަށް ދިވެއްސަކަށް ކޮރޯނާ ވައިރަސް ޖެހިފައިވާކަން ހާމަކުރީ ޔޫއޭއީގައި އެވެ. އެކަން އަދި ދިވެހި ސަރުކާރުން ޔަގީނެއް ނުކޮށްދެ އެވެ.

އެކަމަކު އެ ގައުމުގެ ސަރުކާރުން ބުނީ އަލަށް ވައިރަސް ޖެހުނު50 މީހުންގެ ތެރޭގައި ދިވެއްސަކު ހިމެނޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް