މިއަދު އަނެއްކާވެސް ރެކޯޑު އަދަދަކަށް ކޯވިޑް-19 ވެކްސިން ދީފި

މިއަދު އަނެއްކާވެސް ރެކޯޑު އަދަދަކަށް މީހުންނަށް ކޯވިޑް-19 ވެކްސިން ދީފި އެވެ. އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތު ތަކުގައި ބުނެފައިވަނީ މިއަދު ޖުމްލަ 7،446 މީހަކަށް ކޯވިޑް-19 ވެކްސިން ދީފައިވާ ކ...

25 Feb 2021 | 18:19

މިއަދު އަނެއްކާވެސް ރެކޯޑު އަދަދަކަށް މީހުންނަށް ކޯވިޑް-19 ވެކްސިން ދީފި އެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތު ތަކުގައި ބުނެފައިވަނީ މިއަދު ޖުމްލަ 7،446 މީހަކަށް ކޯވިޑް-19 ވެކްސިން ދީފައިވާ ކަމަށެވެ. އޭގެ ތެރެއިން 4،825 މީހަކަށް ވެކްސިން ދީފައިވަނީ މާލޭގައި 2،621 މީހަކަށް ވެކްސިން ދީފައިވަނީ އަތޮޅު ތެރޭގެ ސެންޓަރުތަކުންނެވެ.

މިހާތަނަށް ރާއްޖެއިން 98،311 ،ީހުން ކޯވިޑް-9 ވެކްސިން ދީފައިވެ އެވެ. އޭގެ ތެރެއިން 69،725 މީހުންނަށް ވެކްސިން ދީފައިވަނީ މާލެއިންނެވެ. އަނެއް 28،586 މީހުންނަކީ އަތޮޅު ތެރެއިން ވެކްސިން ޖެހި މީހުންނެވެ.

މާލެ ސަރަހައްދުގައި ނުުވަ ސެންޓަރުން ދަނީ ވެކްސިން ޖަހައިދެމުންނެވެ. އަދި އަތޮޅު ތެރޭގައި169 ސެންޓަރެއްގައި ދަނީ ވެކސިން ޖަހައިދެމުންނެވެ.

https://twitter.com/HPA_MV/status/1365003354817122307

(ތަފްސީލް އަންނަނީ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް