ކެފޭ ރެސްޓޯރެންޓުތަކުގައި ހިދުމަތް ދެވޭ ގަޑިއާއި ޓޭކްއަވޭ އާއި ޑެލިވަރގީގެ ހިދުމަތް ދެވޭ ގަޑިއަށް އެޗްޕީއޭއިން ބަދަލު ގެނެސްފި އެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ އެޗްޕީއޭއިން ނެރެފައިވާ އެންގުމެއްގައި ބުނެފައިވަނީ ކެފޭ ރެސްޓޯރެންޓު އަދި ސައި ހޮޓާފަދަ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ރޭގަނޑު 8:00 ފެށިގެން ބަންދު ކުރަން ޖެހޭނެ ކަމަށެވެ. އަދި އެ ފަދަ ތަންތަނުން ޓޭކް އަވޭ އާއި ޑެލިވަރީގެ ހިދުމަތް ދެވޭނީ ރޭގަނޑު 10:30 ގެ ނިޔަލަށް ކަމަށް ބުނެފައިވެ އެވެ.
މި އެންގުމަށް އަމަލު ކުރަން ފަށަން ޖެހެނީ މިމަހުގެ27 ވާ ހޮނިހިރު ދުވަހުން ފެށިގެންނެވެ. ފިިޔަަވަޅު އަޅާފައިވަނީ ހަތް ދުވަހުގެ މުއްދަތަށެވެ.
އެޗްޕީއޭގެ އެންގުމުގައި ބުނެފައިވާ ގޮތުގައި މ ފިޔަވަޅުތައް އެޅީ ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް ރާއްޖޭގައި އިއުލާނު ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން ކަމަށެވެ. މި އެންގުމަށް އަމަލު ކުރަން ޖެހެނީ، މާލެ، ހުޅުމާލެ، ވިލިމާލެ އަދި ގުޅީފަޅާއި ތިލަފުށީގައި އެވެ.
މާލޭގައި ކޯވިޑް-19 ގެ ކޭސްތައް އިތުރުވެފައިވާތީ ހަވީރު 6:00 ން ހެނދުނު 6:00 އަށް އެއްގަމު އުޅަނދު ދުއްވުމަކީ މަނާ ކަމެކެވެ. އަދި ރޭގަނޑު 11:00 ފަތިހ ު4:30 ދަނީ ކާފިއު ހިންގަމުންނެވެ.
މީގެ އިތުރުން އެއް ފަހަރާއި 10 މީހުންނަށްވުރެ ގިނައިން މަގުމަތީގައި އުޅުން މަނާކޮށްފައިވާއިރު ޕާޓީތަކާއި ހަފްލާތަކާއި ޖަލްސާތައް ބޭއްވުން ވަނީ މުއްދަތެއް ނެތްގޮތަށް މަނާކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް