ރާއްޖެއިން އިތުރު 184 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ

ރާއްޖެއިން އިތުރު 184 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ. މިއަދު މާލެއިން ޕޮސިޓިވްވެފައިވަނީ 145 މީހުންނެވެ. އަތޮޅު ތެރެއިން ޕޮސިޓިވްވެފައިވަނީ 10 މީހުންނެވެ. ދެން ޕޮސިޓިވްވެފައިވަނީ ރިސޯޓުތަކ...

25 Feb 2021 | 17:07

ރާއްޖެއިން އިތުރު 184 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.

މިއަދު މާލެއިން ޕޮސިޓިވްވެފައިވަނީ 145 މީހުންނެވެ. އަތޮޅު ތެރެއިން ޕޮސިޓިވްވެފައިވަނީ 10 މީހުންނެވެ. ދެން ޕޮސިޓިވްވެފައިވަނީ ރިސޯޓުތަކުން 24 މީހަކާއި ސިނާއީ މަސައްކަތް ކުރާ ރރަށްތަކުން ފަސް މީހެކެވެ.

މިއަދު ކޯވިޑަށް ޓެސްޓުކޮށްފައިވަނީ 3،993 ސާމްޕަލެވެ.

މިވަގުތު ކޯވިޑަށް ފަރުވާ ދެމުން ދަނީ 2،441 މީހަކަށެވެ. އޭގެ ތެރެއިން 162 މީހުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.

ކޯވިޑް ޖެހުނު މީހުންގެ ތެރެއން މިއަދު 196 މީހަކު ވަނީ ބަލިން ރަނގަޅުވެފައި އެވެ. މިއާއި އެކު ޖުމްލަ 16،838 މީހަކު ވަނީ ރަނގަޅުވެފައި އެވެ.

ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ ތެރެއިން 60 މީހަކު ވަނީ މި ބަލީގައި މަރުވެފައި އެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް ޖެހިފައިވަނީ 19،346 މީހުންނަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް