ބަންޑުން އޮވެ ނިދުން ރަސޫލް (ޞޢވ) ވަނީ މަނާ ކުރައްވަވާފަ!

ބަންޑުން އޮވެގެން ނިދުމަކީ ގޯސްކަމެއް ހެއްޔެވެ؟ މި ސުވާލަށް ކުރުކޮށް ދެވޭނެ ޖަވާބަކީ "އާނއެކެވެ." ބަންޑުން އޮވެގެން ނިދުމަކީ ސިއްޚީގޮތުން އެތަކެއް ގެއްލުން ހުރިކަމެކެވެ. މީގެ އިތުރުން ދީނީ ނަޒަރަކުން ...

25 Feb 2021 | 14:23

ބަންޑުން އޮވެގެން ނިދުމަކީ ގޯސްކަމެއް ހެއްޔެވެ؟ މި ސުވާލަށް ކުރުކޮށް ދެވޭނެ ޖަވާބަކީ "އާނއެކެވެ." ބަންޑުން އޮވެގެން ނިދުމަކީ ސިއްޚީގޮތުން އެތަކެއް ގެއްލުން ހުރިކަމެކެވެ. މީގެ އިތުރުން ދީނީ ނަޒަރަކުން ބެލިޔަސް އެއީ ގޯސް ކަމެކެވެ.

އެހެން ނަމަވެސް ބައެއް މީހުން ބުނާގޮތުން ބަނޑުން އޮވެ ނިދުމަކީ ގުގުރިދެމުމުންނާއި ނިދާފައި އޮންނައިރު ނޭވާ ހުއްޓުން (ސްލީޕް އަޕްނިއާ) ފަދަ ކަންކަން ކުރިމަތިކުރުވުމުން ދުރުކޮށްދޭ ކަމެކެވެ. މިއީ މުޅިއެކުން ދޮގަކަށް ނުވެދާނެއެވެ. އެހެން ނަމަވެސް ބައެއް ސިއްޚީ މާހިރުން ވިދާޅުވާ ގޮތުގައި ބަންޑުން އޮވެގެން ނިދުމުގެ ސަބަބުން ތިމާގެ ކަރަށާއި މައިބަދައަށް އޭގެ ގެއްލުން ލިބުމުގެ ފުރުޞަޠު ބޮޑެވެ. އެހެންކަމުން ބަނޑުން އޮވެގެން ނިދާނަމަ، އެކަމުގެ ތުރާތައް އެމީހަކަށް ދުވާލުގެ ވަގުތުތަކުގައި ތަޙައްމަލު ކުރަންޖެހޭކަމެއްކަމަށް ސިއްޚީމާހިރުން ވިދާޅުވެއެވެ.

ނިދާއިރު ބަންޑުން އޮވެ ނިދުމަކީ ރަސޫލް (ޞޢވ) މަނާކުރައްވަވާފައިވާ ކަމެކެވެ. އަދި ނަރަކައިގެ އަހުލުވެރިން އޮންނާނީ ބަންޑުން ކަމަށާއި އެއީ ﷲ ކޯފާވެވޮޑިގެންވާ ގޮތެއް ކަމަށް ޙަދީޘްގައި އައިސްފައިވާކަމަށް ޢިލްމުވެރިންގެ ބަސްތަކުން އެނގެއެވެ.

މި ބަސްފުޅުގެ ސަރަހައިގައި ދީނީ ޢިލްމުވެރިޔާ ޑރ. އިޔާޟް ވިދާޅުވީ "ނަރަކައިގެ އަހުލުވެރިން އޮންނާނީ ބަންޑުން" ކަމަށް ބުނެވޭ ބަހުގެ މާނައަކީ ނަރަކައިގައި މީހުންނަށް އަޒާބު ލިބެމުންދާއިރު އެމީހުން ތިބޭނީ ބަންޑުންކަން ކަމަށެވެ.

ނިދުމުގެ އަދަބުތަކުގެ ތެރޭގައި ނިދުމުގެ ކުރިން ވުޟޫ ކުރުމާއި، ޛިކްރްތައް ކިޔުމާއި އަދި ކަނައަތް ފަރާތަށް އޮވެ ނިދުން ހިމެނެއެވެ.

މިފަދަ ކަންކަން ނުއެނގި ނަމަވެސް ބައެއް މީހުން ފަސޭހައަކަށް ބަންޑުން އޮވެ ނިދައެވެ. އިސްލާމް ދީނުގައި މިކަންކަން ބަޔާން ކުރައްވަވާފައި މިވަނީ މީގެ 1400 އަހަރު ކުރިންނެވެ. ޑޮކްޓަރުން މިއަދު މިކަންކަމަށް އެއްބަސްވެއެވެ. ބަންޑުން އޮވެ ނިދުމުން މައި ބަދައަށް މައްސަލަ ޖެހޭ ކަމަށާއި ތަފާތު މައްސަލަތައް ކުރިމަތިވެ ހަމަ ނިދި ލިބުމަށް ހުރަސް އެޅޭކަމަށްވެސް ޤަބޫލުކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް