ޝިޕްލާ ޝެޓީ ރާއްޖޭގައި، މިފަހަރު ކުރެވޭނީ ކޮން ކުށެއް!

ޝިލްޕާ ޝެޓީ އަކީ ރާއްޖޭގެ ގޮނޑުދޮށާއި މޫދު އަޑީގެ މަންޒަރުތައް ބަލައިލައި ހިތްހަމަ ޖައްސާލަލައި ތަޖުރިބާ ކުރަން ބޭނުންވާ ބޮލީވުޑްގެ މަޝްހޫރު ތަރިންގެ ތެރޭގައި ހިމެނޭ މީހެކެވެ. މީގެ ކުރިން އެތައް ފަހަރ...

25 Feb 2021 | 11:28

ޝިލްޕާ ޝެޓީ އަކީ ރާއްޖޭގެ ގޮނޑުދޮށާއި މޫދު އަޑީގެ މަންޒަރުތައް ބަލައިލައި ހިތްހަމަ ޖައްސާލަލައި ތަޖުރިބާ ކުރަން ބޭނުންވާ ބޮލީވުޑްގެ މަޝްހޫރު ތަރިންގެ ތެރޭގައި ހިމެނޭ މީހެކެވެ.

މީގެ ކުރިން އެތައް ފަހަރަކު ރާއްޖެ އައިސްފައިވާ ޝިލްޕާ އާއި އޭނާގެ ފިރިމީހާ ރާޖް ކުންދްރާ އަނެއްކާވެސް މިވަނީ ރާއްޖެ އައިސްފައި އެވެ. މިފަހަރު ދެމަފިރިން ޗުއްޓީ ހޭދަ ކުރަމުން ދަނީ ބ. އަތޮޅުގައި ހިންގާ ސީސައިޑް ފިނޮޅު ރިސޯޓުގައި އެވެ.

ޝިލްޕާ އާއި ރާޖް ދަނީ ރިސޯޓުގެ ހިތްގައިމު މާހައުލުގައި ނަގާފައިވާ ގިނަ ފޮޓޯތަކަކާއި ވީޑިއޯތައް ދެމީހުންގެ ރަސްމީ އިންސްޓަގްރާމް ޕޭޖުގައި އާންމު ކުރަމުންނެވެ. އެތައް ލައްކަ ބަޔަކު އެ ވީޑިއޯތަކާއި ފޮޓޯތަކަށް ކޮމެންޓުކޮށް ލައިކް ދެމުން ދެ އެވެ.

ރާއްޖޭގެ ހިތްގައިމު މާހަލުގައި ޗުއްޓީ ހޭދަ ކުރާއިރު ޝިލްޕާ އެންމެ ކުރާ ހިތްވާ އެއް ކަމަކީ މަސް ބޭނުމެވެ. މިފަހަރު އަދި މަސް ބާނަން ނުދިޔަ ނަމަވެސް ކޯމަސް ބަލާލަން ދަތުރެއް ކޮށްފައިވާ ވީޑިއޯއެއް އާންމުކޮށްފައިވެ އެވެ.

https://www.instagram.com/p/CLqH68LgKx0/?utm_source=ig_embed&utm_campaign=loading

https://www.instagram.com/p/CLrVqvhhUMC/

https://www.instagram.com/p/CLqa5aAha3R/

2018 ވަނަ އަހަރު ޝިލްޕާ އާއި ރާޖް އަދި އެމީހުންގެ ދޮށީ ފިރިހެން ދަރިފުޅު ރާއްޖެއަށް ކުރި ދަތުރުގައި ނައިޓް ފިޝިންއަށް ގޮސް މަހެއް ބޭނުމުން އިންޑިއާ މީހުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައި އެވެ.

ޝިލްޕާ މަސް ބޭނުމުން ރުޅި ގަދަވެފައި ތިބި މީހުން އޭނާ އެ ދަތުރުގައި ކުރި ޕޯސްޓަށް ކޮށްފައިވާ ކޮމެންޓުތަކުގެ ތެރޭގައި އެ މަސް އަނބުރާ މޫދަށް ދޫކޮށްލިނަމަވެސް އޭތި މަރުނުވެ ސަލާމަތްވާނެ ކަމެއް ޝިލްޕާއަށް ނޭނގޭނެ ކަމަށް ބުނެފައިވެ އެވެ. އަދި ޝިލްޕާއަކީ މަހުގެ ބާވަތްތައް ނުކާ ވެޖިޓޭރިއަންއަކަށް ވާއިރު އެފަދަ ކަމެއް ކުރުމަކީ އޭނާގެ ރަހުމެއްނެތް މިންވަރު ހާމަވެގެންދިޔަ ކަމެއް ކަމަށް އެފަރާތްތަކުން ބުނެފައިވެއެވެ.

ދިރޭތަކެތި ހިފާ މަރާ ހަދަނީކަމަށް ބުނެ އިންޑިއާގެ ބައެއް މަޝްހޫރު ފަރާތްތަކުންވެސް އެ ދުވަސްވަރު ޝިލްޕާ އާއި ދެކޮޅަށް ވާހަކަ ދައްކާފައިވެ އެވެ. އެކަމަކު އޭނާ ޗުއްޓީ ނިންމާފައި ދާންވީއިރު އެވާހަކަތައް ވަނީ އޮބިފައި އެވެ.

އެހެންވެ މިފަހަރުގެ ދަތުރުގައިވެސް ޝިލްޕާއަށް ނެގޭ ފޮޓޯއެއް ނުވަތަ ވީޑިއޯއަކުން އިންޑިއާ މީހުން ރުޅިގަދަވުމަކީ ވެދާނެ ކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް