ކުޅުދުއްފުށީ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ހައުސިންއިން އާރުޑީސީއާ ހަވާލުކޮށްފި

ކުޅުދުއްފުށީ ސިޓީގެ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގައި ހައުސިންގ މިނިސްޓްރީ އާއިއެކު ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ ފަރާތުން މިއަދު ވަނީ ސޮއިކޮށްފައެވެ. މިކަމަށްޓަކައި މިއަދު ދިވެހިރާއްޖޭ...

25 Feb 2021 | 11:04

ކުޅުދުއްފުށީ ސިޓީގެ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގައި ހައުސިންގ މިނިސްޓްރީ އާއިއެކު ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ ފަރާތުން މިއަދު ވަނީ ސޮއިކޮށްފައެވެ.

މިކަމަށްޓަކައި މިއަދު ދިވެހިރާއްޖޭގެ އަޑުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، އުސްތާޒް މޫސާ އަލި މަނިކުއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާންސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ ޖެނެރަލް އަލްފާޞިލާ ފާތިމަތު ޝާނާ ފާރޫޤްއެވެ.

މި މަޝްރޫޢުގެ ދަށުން، ކުޅުދުއްފުށީ މަގުތަކުގައި 6 ކިލޯމީޓަރުގެ ސަރަހައްދެއްގައި ތާރުއަޅާނެއެވެ. އަދި އަދި މަގުތަކުގައި ފެންހިންދާ ނިޒާމް ގާއިމްކޮށް، މަގުބައްތި ޖަހާނެއެވެ.

މިމަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އާއި ހަވާލު ކުރީ 510 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ. މިމަސައްކަތުގެ އަގަކީ 100.7 މިލިއަން ރުފިޔާއެވެ.

މިއީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދާ މަޝްރޫޢުއެއް ކަމަށް އާރްޑީސީން މައުލޫމާތުދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް