ސިދާތް މަލޯތްރާ ރުޅިގަދަވެއްޖެ

މިފަހަރު ޕަޕަރާޒީން މިވަނީ ސިދާތް މަލޯތްރާ ރުޅިއަރުވާލާފައެވެ. އެގޮތުން މިފަހަކަށް އައިސް ބޮލީވުޑްގައި މަޝްހޫރު ދެ ތަރިން ކަމުގައިވާ ސިދާތް މަލޯތްރާ އަދި ކިއާރާ ގެ ލޯބީގެ ގުޅުމުގެ ވާހަކަތައް ދަނީ ވަރަ...

25 Feb 2021 | 08:38

މިފަހަރު ޕަޕަރާޒީން މިވަނީ ސިދާތް މަލޯތްރާ ރުޅިއަރުވާލާފައެވެ.

އެގޮތުން މިފަހަކަށް އައިސް ބޮލީވުޑްގައި މަޝްހޫރު ދެ ތަރިން ކަމުގައިވާ ސިދާތް މަލޯތްރާ އަދި ކިއާރާ ގެ ލޯބީގެ ގުޅުމުގެ ވާހަކަތައް ދަނީ ވަރަށް ބޮޑަށް ފެތުރެމުންނެވެ. އަދި މި ދެ ތަރީން އެކުގައި ވަރަށް ގިނައިން ފެންނަމުންދާކަން ވެސް ފާހަގަވެއެވެ.

ޑޭޓްތަކުންނާއި އަދިވެސް އެނޫން ގޮތްގޮތަށް ދެތަރިން އެކުގައި ފެންނަމުން ދިޔުމުގެ ސަބަބުން ޕަޕަރާޒީން އެކަމާމެދު އެތަށް ފަހަރެއްގެ މަތިން ސިދާތްއާ ވަނީ ސުވާލުކޮށްފައެވެ.

އެހެން ނަމަވެސް އެމީހުން ބޭނުންވާ ކަހަލަ އެއްވެސް ޖަވާބެއް ލިބިފައި ނުވާއިރު މިފަހަރު އެ ސުވާލު އަނެއްކާ ތަކުރާރުކޮށް ކުރުމުން ސިދާތް މިވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ.

އެގޮތުން ދައުރުވަމުންދާ ވީޑިއޯގައި ސިދާތް ހިތްހަމަ ނުޖެހުން ފާޅުކޮށް ވާހަކަދައްކާ މަންޒަރު ދައްކުވައިދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް