ޔޫއެސްއޭގައި ހަދާފައިވާ ދިރާސާއަކުން ދައްކާގޮތުގައި ޓޮމާޓޯ ކާނަމަ އުރަމަތީގެ ކެންސަރު ޖެހުމުން ދުރުކޮށްދެއެވެ.
އެގޮތުން މި ދިރާސާއިން ދައްކާގޮތުގައި ޤަވާއިދުން ކޮންމެ ދުވަހަކުވެސް ޓޮމާޓޯ ބޭނުންކުރާ މީހުންގެ 50 އިންސައްތަ އުރަމަތީ ކެންސްރު ޖެހުމުން ދުރުކޮށްދޭ ކަމަށެވެ.
އަދި ޓޮމާޓޯ ބޭނުންކުރުމުގައި އެންމެ ރަނގަޅު ގޮތް ކަމުގައި މި ދިރާސާގައި ބުނެފައިވަނީ ހެލްތީ ފެޓް އެކުލެވޭ ބާވަތްތަކާ އެއްކޮށްގެން ކަމަށެވެ. އެހެން ކަމުން އޮލިވް އޮއިލް ފަދަ އެއްޗަކާ އެއްކޮށްގެން ބޭނުންކުރާނަމަ ލިބޭ ފައިދާ އިތުރުކަމަށެވެ.
މީގެ އިތުރުންވެސް ކައްކައިގެންނާއި, ފިހެގެންނާއި, އަދި ޓޮމާޓޯ ސޯސް ނުވަތަ ޕޭސްޓް ވެސް ބޭނުންކުރެވިދާނެ ކަމަށެވެ. އަދި އޭގެ އިތުރަށް ޓޮމާޓޯ ޖޫސް ހަދައިގެން ބޭނުންކުރުންވެސް ވަރަށް ރަނގަޅުކަމަށް މި ދިރާސާގައި ފާހަގަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް