ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތާއި އަލަށް ގުޅޭ ފަރާތްތަކަށް ހާއްސަ ޕްރޮމޯޝަނެއް

ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތާއި އަލަށް ގުޅޭ ކަސްޓަމަރުންނަށް ހާއްސަކޮށްގެން ޕްރޮމޯޝަނެއް ފަށައިފި އެވެ. ދިރާގުން ބުނީ މި ޕްރޮމޯޝަނުގެ ދަށުން، ދިރާގު ފައިބާ ކޭބަލް އެއް އަޅާފައިވާ އިމާރާތްތަކުގައ...

25 Feb 2021 | 07:48

ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތާއި އަލަށް ގުޅޭ ކަސްޓަމަރުންނަށް ހާއްސަކޮށްގެން ޕްރޮމޯޝަނެއް ފަށައިފި އެވެ.

ދިރާގުން ބުނީ މި ޕްރޮމޯޝަނުގެ ދަށުން، ދިރާގު ފައިބާ ކޭބަލް އެއް އަޅާފައިވާ އިމާރާތްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ދިރާގު ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް ހިލޭ ގުޅައިދޭނެ އެވެ. އަދި ރައުޓަރުން 50 ޕަސެންޓު ޑިސްކައުންޓް ލިބޭނެ އެވެ.

މީގެ އިތުރުން، ދިރާގު ފައިބާ ކޭބަލެއް ނެތް އިމާރާތްތަކުގައި އުޅޭ ފަރާތްތަކުން އަލަށް ފައިބާ ބްރޯޑްބޭންޑުގެ ހިދުމަތް ގުޅަން ބޭނުން ނަމަ މި ޕްރޮމޯޝަންގެ ދަށުން 50 ޕަސެންޓު ޑިސްކައުންޓް ކަނެކްޝަން ފީ އިން ލިބިގެންދާނެއެވެ.

މި ޕްރޮމޯޝަންގެ ދަށުން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ދިރާޣު ފައިބާ ބްރޯޑްބޭންޑަށް އެޕްލައި ކުރާ ފަރާތްތަކުގެ ތެރެއިން 25 ނަސީބުވެރިން ހޮވުމަށް ހަމަޖެހިފައިވެ އެވެ. އަދި އެ ފަރާތްކަށް ދެ މަސް ދުވަހަށް ފައިބާ ބްރޯޑްބޭންޑް ޕެކޭޖްގެ މަހު ފީން 50 ޕަސެންޓު ޑިސްކައުންޓް ލިބޭނެ އެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ މާރިޗް މަހުގެ ނިޔަލަށެވެ. މި ޕްރޮމޯޝަންގެ އިތުރުން ދިރާގު ފައިބާ ބްރޯޑްބޭންޑް މިހާރު ބޭނުން ކުރާ އެ ކުންފުނީގެ ކަސްޓަމަރުންނަށް އަންނަ މަހުގެ ނިޔަލަށް 50 ޕަސެންޓު އިތުރު ހިލޭ ޑޭޓާ، ފައިބާ ބޫސްޓާ ތަކުން ލިބިގެންދާނެއެވެ.

ދިރާގުގެ ސީނިއާ މެނޭޖާ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަން މިޝްރާން ހަސަން ވިދާޅުވީ މިދުވަސްވަރަކީ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިފައިވައި ދުވަސްވަރަކަށްވެފައި، އިންޓަނެޓަށް ބަރޯސާވާން ޖެހޭ މިންވަރު ބޮޑުވެ އިތުބާރުހިފޭ ނެޓްވާކް އަކައި ގުޅުން އަސާސީ ކަމަކަށް ވެފައިވާ ކަމަށެވެ. އެހެންކަމުން މިއީ ރާއްޖޭގެ އެންމެ ފުޅާ އަދި އެންމެ ހަލުވި ފައިބާ ނެޓްވޯކް ގެޔަށް ލާން ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ދިރާގު ފައިބާ ބްރޯޑްބޭންޑް ޕެކެޖްތައް ފަރުމާކޮށްފައި ވަނީ ކަސްޓަމަރުންގެ ބޭނުންތަކަށްބަލާ ތަފާތު ޑޭޓާ އެލަވަންސްތަކާއި ހަލުވި ސްޕީޑް ހިމެނޭ ގޮތަށް ކަން އޭނާ ފާހަގަ ކުރެއްވި އެވެ. މިރްޝާން ވިދާޅުވީ ރާއްޖޭގެ ގޭބިސީތަކަށް ފޯރުކޮށްދޭ އެންމެ ގިނަ ޑޭޓާ އެލަވަންސް ލިބޭ ޕެކޭޖް އަދި އެންމެ ބާރު ސްޕީޑް ލިބޭ 1ޖީބީޕީއެސް  ޕެކޭޖްވެސް ދިރާގުން ލިބޭނެ ކަމަށެވެ.

ފައިބާ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީ އެވެ. ދިރާގު ފައިބާ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ގިނަ އެލަވަންސް އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ޚިދުމަތެވެ.

ދިރާގު ފައިބާ ބްރޯޑްބޭންޑް ނެޓްވޯކަކީ ރާއްޖޭގެ އެންމެ ބޮޑު ފައިބާ ނެޓްވޯކެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 80 ޕަސެންޓަށް އަދި 64 ރަށަށް މި ޚިދުމަތް ދިރާގުން ވަނީ ފޯރުކޮށްދީފައިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް