ހުޅުލޭގައި ތަޅާލަމުންދާ އިމާރާތެއްގައި އަލިފާން ރޯވެއްޖެ އެވެ.
އެމްއެންޑީއެފް އިން ބުނީ ހާދިސާގެ ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 11:00 ގައި ކަމަށެވެ. އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ 12:20 ހާއިރު އެވެ.
މި އިމާރާތުގައި އަލިފާން ރޯވެފައިވަނީ އެ އިމާރާތުގެ ތެރޭގައި ހުރި ބާ ގޮނޑިތަކެއްގައި އެވެ. މިހާދިސާގައި ތަޅާލަމުން ދިޔަ އިމާރާތުގައި ވަރަށް ބޮޑަށް އަލިފާން ރޯވެފައިވެ އެވެ.
އަލިފާނގަނޑު އިތުރަށް ބޮޑުވީ އެތަނުގައި ހުރި ކުނިތަކެއްގައިވެސް ރޯވުމުންނެވެ.
މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.
އެތަނުގައި ރޯވި އަލިފާން ނިންމާލީ އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު އާއި އެއާޕޯޓްސް ފަޔާ އެންޑް ރެސްކިއު ޓީމް ގުޅިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް