އުމުރުން 29 އަހަރާ ހަމައަށް އައި އިރުގައި ކެއުމަށް ދެވިހިފާފައި ހުރިލެއް ބޮޑުކަމުން ޓެންސީ ވަނީ ވަރަށް ބޮޑަށް ފަލަވެފައެވެ.
ޓެންސީ ބުނެފައިވަނީ ދިރިއުޅުމުގެ އެހިސާބުން ފިރިމީހާ ކުރިމަތީގައި ހުންނަންވެސް އޭނާ ލަދުގަންނަ ކަމުގައެވެ. އެއީ އޭނާ ފަލަކަމުގެ އިހުސާސް އޭނާއަށްވެސް ވާލެއް ބޮޑުކަމުން އަދި އަމިއްލައަށްވެސް އަމިއްލަ ހަށިގަނޑު ދެކެ ހިތްހަމަ ނުޖެހެވުމުގެ ސަބަބުންނެވެ.
އެގޮތުން އެންމެ މުހިންމު ކަމެއް ދިނީ ހަކުރު ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ އެއްވެސް ކާނާއެއް ބޭނުން ނުކުރުމަށް ކަމުގައި ޓެންސީ ބުނެފައިވެއެވެ. އޭގެ އިތުރުންވެސް ކޮފީ ބުއިމާ އަދި ޓޭކްއަވޭތަކާވެސް މުޅިން އެއްކޮށް ދުރަށް ގޮސްފައިވާނެކަމަށްވެސް ޓެންސީ ބުނެފައިވެއެވެ.
އޭގެ އިތުރަށްވެސް ޓެންސީ ބުނެފައިވަނީ އޭނާ ޓްރައި ނުކުރާ ޑައިޓެއް ނުހުންނާނެ ކަމުގައެވެ. އެހެން ނަމަވެސް ކޮންމެ ޑައިޓަކުންވެސް ހަމަ އެއްވެސް ކަހަލަ ތަފާތެއް ނުފެނި އިތުރަށް ކާހިތްވުން ނޫން ކަމެއް ނުވެއެވެ. ނަމަވެސް ވަރަށް ބުރަ މަސައްކަތުން ދުވެ އަދި ކަސްރަތުކޮށް ހަދައިގެން ހަށިގަނޑަށް ގެނައި ބަދަލަށް ފަހުގައި މިހާރު އަމިއްލަ ނަފުސަށް ކުރެވޭ އިތުބާރުވެސް އިތުރުވެއްޖެ ކަމުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް