ގެރިއެއްގެ ބަނޑުން 71 ކިލޯގެ ޕްލާސްޓިކް ނަގައިފި

ގެރިއެއްގެ ބަނޑުން 71 ކިލޯ ގުރާމްގެ ޕްލާސްޓިކް ނަގައިފިއެވެ. ފަރީދްއާބާދްގައި އެކްސިޑެންޓަށް ފަހު ހާލު ދެރަވި ގެރިއެއް އޮޕަރޭޝަން ކުރުމަށް ފަހުގައި, އޭގެ ބަނޑުން 71 ކިލޯގެ ތަފާތު އެތަށް ކުދި ޕްލާސްޓިކ...

25 Feb 2021 | 05:51

ގެރިއެއްގެ ބަނޑުން 71 ކިލޯ ގުރާމްގެ ޕްލާސްޓިކް ނަގައިފިއެވެ.

ފަރީދްއާބާދްގައި އެކްސިޑެންޓަށް ފަހު ހާލު ދެރަވި ގެރިއެއް އޮޕަރޭޝަން ކުރުމަށް ފަހުގައި, އޭގެ ބަނޑުން 71 ކިލޯގެ ތަފާތު އެތަށް ކުދި ޕްލާސްޓިކްގެ އިތުރުން މެޓަލްވެސް ވަނީ ނަގާފައެވެ.

އެގޮތުން މިދިޔަ ހޯމަ ދުވަހުގެ ވަޤުތެއްގައި ހަތަރު ގަޑީރުގެ އޮޕަރޭޝަނަކަށްފަހުގައި ގެރީގެ ބަނޑުން ނަގާފައިވާ ޕްލާސްޓިކާއި އަދި މެޓަލް އާ ބެހޭ ގޮތުން މަޢުލޫމާތު ދެއްވަމުން ޑޮކްޓަރުން ބުނެފައިވަނީ ތިނޯހާއި, މޮހިރާއި, ނަރުކޮޅުކޮޅާއި, އަދި ދަނގަޑު ލާރީގެ އިތުރުންވެސް ޕްލާސްޓިކްގެ ވެސް އެތަށް ބާވަތެއް ހުރިކަމުގައެވެ.

އޮޕަރޭޝަނަށް ފަހުގައި ގެރި ސަލާމަތް ކުރެވިފައިވާއިރު ބޭރުގެ ނޫސްތަކަށް ހަވާލާދީ ޑޮކްޓަރުން ބުނެފައިވަނީ ގެރި މިހާރުވަނީ ނުރައްކަލުން ސަލާމަތްވެފައި ކަމަށެވެ. އެހެން ނަމަވެސް އޭގެ އެތަށް ގެރިއެއް އަދިވެސް އުޅެދާނެކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް