ބޮލީވުޑްގައިި 2014 ވަނަ އަހަރު ރިލީޒް ކުރި އެންމެ ކާމިޔާބު ފިލްމު ކަމަށްވާ "ޕީކޭ" ގެ ސީކުއެލްއެއް ހަދަން ނިންމައި މަސައްކަތް ފަށައިފި އެވެ.
ފިލްމު "ޕީކޭ" ގެ ޕްރޮޑިއުސަރު ވިނޯދް ޗޯޕްރާ ބުނީ އަލަށް ހަދާ އެ ފިލްމުގެ ސީކުއެލްގައި ފެނިގެންދާނީ ރަންބީރު ކަޕޫރު ކަމަށެވެ. ފިލްމު "ޕީކޭ" ނިމޭ ހިސާބުން ރަންބީރުގެ ފެނިލުމެއް އިނދެ އެވެ.
އެހެންވެ މީގެ ކުރިންވެސް ސަޕޯޓަރުން ގަބޫލު ކުރި ގޮތުގައި "ޕީކޭ"ގެ ދެވަނަ ބައެއް އަންނާނެ އެވެ. އަދި އެބައިގަ ރަންބީރު ފެންނާނެ ކަމާއި މެދު ޝައްކުކޮށްފައެއް ނުވެ އެވެ.
ފިލްމުގެ ފުރަތަމަ ބައިން ފެނިގެންދިޔައީ އެހެން ދުނިޔެއަކުން އިންސާނުން ދިރިއުޅެމުންދާ ގޮތުގެ ދިރާސާއެއް ކުރުމަށް ބިމަށް އަންނަ އޭލިޔަނެއްގެ ވާހަކަ އެވެ. އަދި އެ މާހައުލުގައި އިންސާނުންގެ މެދުގައި ސަލާމަތުން ހުރެ އަލުން ޕީކޭގެ އަމިއްލަ ދުނިޔެ އަށް ދިއުމަށް އޭނާ ކުރާ މަސައްކަތާއި ދިމާވާ ހުރަސްތައް މި ފިލްމުން ދައްކުވައިދެ އެވެ.
އޭލިއަންގެ ރޯލުން ފެނިގެން ދަނީ އާމިރު ހާނެވެ.
"ޕީކޭ"ގެ ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ އާއި ހަވާލާދީ މީޑިއާގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި ދެވަނަ ބައި ފެނިގެން ދާނީ ފުރަތަމަ ބަޔާއި ވަރަށް ބޮޑަށް ގުޅުވާލައިގެންނެވެ އެގޮތުން ދެވަނަ ބައި ފަށާނީ ފުރަތަމަ ބައި ނިންމާލިއިރު ރަންބީރުގެ ކެރެކްޓާ ޕްލެނެޓެއް ލޭންޑް ކުރާތަނުންނެވެ.
ދެވަނަ ބައިގެ ވާހަކަ ލިޔުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި އެވެ. އެކަމަކު ފިލްމުގައި ލީޑް އެކްޓްރެސް އާއި ގުޅޭ މައުލޫމާތު އަދި ހާމައެއް ނުކުރެ އެވެ.
"ޕީކޭ" އިން ފެނިގެންދިޔަ މުހިންމު ތަރިންގެ ތެރޭގައި އާމިރް ހާން، އަނުޝްކާ ޝަރުމާ އަދި މިދިޔަ އަހަރު އަމިއްލައަށް ދަންޖެހިގެން މަރުވި ސުޝާންތް ސިންގް ރާޖްޕުޓް ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް