ދިޝާ މިފަހަރު ޓައިގާ ހައިރާން ކޮށްލައިފި

ދިޝާ މިފަހަރު ހިއްސާކުރި ވީޑިއޯއިން މިވަނީ ޓައިގާ ހައިރާންކޮށްލާފައެވެ. އެގޮތުން ދިޝާ ހިއްސާކޮށްފައިވާ ވީޑިއޯގައި ފެނިގެންދަނީ ތަފާތު ސްޓަންޓްސް ތަކެއް ޖައްސަމުންގެންދާ މަންޒަރެވެ. އަދި ވީޑިއޯގައި ދިޝ...

25 Feb 2021 | 05:27

ދިޝާ މިފަހަރު ހިއްސާކުރި ވީޑިއޯއިން މިވަނީ ޓައިގާ ހައިރާންކޮށްލާފައެވެ.

އެގޮތުން ދިޝާ ހިއްސާކޮށްފައިވާ ވީޑިއޯގައި ފެނިގެންދަނީ ތަފާތު ސްޓަންޓްސް ތަކެއް ޖައްސަމުންގެންދާ މަންޒަރެވެ.

އަދި ވީޑިއޯގައި ދިޝާ ޖިމުގައި އުޅޭ މަންޒަރާއި އަދި އޭގެ އިތުރުންވެސް ބުރުއުކާ މަންޒަރާއި އެހެނިހެން ސްޓަންޓްތައް ޖައްސާ މަންޒަރުފެނިގެންދެއެވެ.

ދިޝާގެ މި މޮޅު ހަރަކާތްތައް ފެނި ޓައިގާވެސް ވަނީ ކޮމެންޓް ކޮށްފައެވެ. އެގޮތުން ޓައިގާ ބުނެފައިވަނީ "ވާވް އައި ވިޝް އައި ކުޑް ޑޫ ދެޓް" މިހެންނެވެ.

ދިޝާ އާއި ޓައިގާ އަކީ މިކަހަލަ ތަފާތު ސްޓަންޓްތައް ޖެއްސުމަށް ނުހަނު މޮޅުކަމަށް މަޝްހޫރުވެފައިވާ ދެ ތަރިންނެވެ. އެގޮތުން މި ދެ ތަރިންވެސް ދަނީ ސޯޝަލް މީޑިއާގައި މިފަދަ އެތަށް ސްޓަންޓް ތަކެއް ޖައްސާ އަދި ފޭނުންނާ ހިއްސާކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް