ވިސާ ހޯދަން ދިވެހިން ކިއުގައި

އިންޑިއާއަށް ބޭސްފަރުވާއަށް ދަތުރުކުރަން ޖެހޭ ދިވެހިން ވިސާ ހޯދުމަށް އިންޑިއާ އެމްބަސީއަށް ހުށަހަޅަން ޖެހޭ ލިޔުންތައް ހުށަހަޅަން ގިނަ ބަޔަކު އެމްބަސީ ކުރިމަތީގައި ކިއު ހަދައިފިއެވެ. މިގޮތުން ރޭގަނޑުން...

25 Feb 2021 | 05:23

އިންޑިއާއަށް ބޭސްފަރުވާއަށް ދަތުރުކުރަން ޖެހޭ ދިވެހިން ވިސާ ހޯދުމަށް އިންޑިއާ އެމްބަސީއަށް ހުށަހަޅަން ޖެހޭ ލިޔުންތައް ހުށަހަޅަން ގިނަ ބަޔަކު އެމްބަސީ ކުރިމަތީގައި ކިއު ހަދައިފިއެވެ.

މިގޮތުން ރޭގަނޑުން ފެށިގެން ކިއުގައި ޖެހިގެން، ޖެހިގެން އަންނަ ދުވަހު އޮފީސް ހުޅުވުމާއި ހަމައަށް ތިބެން ޖެހުމަކީ ހަމަގައިމުވެސް ފަސޭހަ ކަމަކަށް ނުވާނެއެވެ.

ކޮވިޑް-19 ގެ މި ދަނޑިވަޅުގައި އިންޑިއާ އަށް ދަތުރު ކުރާނަމަ މިހާރު ވިސާ ނަގަން ޖެހެއެވެ. ވިސާ ދޫކުރުމަށް ހާއްސަ ފޯމް އިންޑިއާ އެމްބަސީ އިން ކޮންމެ ދުވަހަކު ހެނދުނު ބަލައިގެއެވެ. ނަމަވެސް އޭގެ  ކުރިން ރޭގަނޑުން ފެށިގެން  ގިނަ ބަޔަކު ކިއުގައި ޖެހިގެން ތިބެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ބޯޑަރު ބަންދުކޮށްފައި ވަނިކޮށް އިންޑިއާ އިން ދިވެހިންނަށް ދިން ހާއްސަ ހުއްދައިގެ ސަބަބުން އެތައް ބަޔަކަށް ވަނީ ބޭސްފަރުވާ ކުރުމަށް ފަސޭހަ ވެގެން ގޮސްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް