ޗެމްޕިއަންސް ލީގު: އެޓަލާންޓާގެ މައްޗަށް ކުރި ހޯދާ ރެއާލް މެޑްރިޑް ކުއާޓާ އާއި ގާތަށް ޖެހިލައިފި

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ފުރަތަމަ ލެގުގައި ރޭ އިޓަލީގެ އެޓަލާންޓާއާއި ވާދަކުރި މެޗު ރެއާލް މެޑްރިޑުން ކާމިޔާބު ކޮށްފިއެވެ. ރޭ އެޓަލާންޓާއާއި ދެކޮޅަށް ކުޅުނު މެޗުން ރެއާލް މެޑްރިޑް މޮޅުވީ 0...

25 Feb 2021 | 03:47

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ފުރަތަމަ ލެގުގައި ރޭ އިޓަލީގެ އެޓަލާންޓާއާއި ވާދަކުރި މެޗު ރެއާލް މެޑްރިޑުން ކާމިޔާބު ކޮށްފިއެވެ.

ރޭ އެޓަލާންޓާއާއި ދެކޮޅަށް ކުޅުނު މެޗުން ރެއާލް މެޑްރިޑް މޮޅުވީ 0-1ގެ ނަތީޖާއިންނެވެ.

އެޓަލާންޓާގެ ދަނޑުގައި ރޭ ކުޅުނު މި މެޗަށް ރެއާލް މެޑްރިޑް ނުކުތީ އަނިޔާގެ ސަބަބުން އެ ޓީމުގެ މުހިއްމު ގިނަ ކުޅުންތެރިންތަކެއް ނުލަ އެވެ. ރޭގެ މެޗުގައި އެ ޓީމްގެ ކެޕްޓަން ސާޖިއޯ ރާމޯސް އާއި، ތަޖްރިބާކާރު ފޯވާޑް ކަރިމް ބެންޒެމާ އާއި މިޑްފީލްޑަރ އެޑެން ހަޒާޑް ކުޅެފައެއް ނުވެއެވެ.

މުހިންމު ގިނަ ކުޅުންތެރިންތަކަކާއި ނުލާ ކުޅުނު މި މެޗު ރެއާލް އިން ކާމިޔާބުކުރިއިރު، ރޭގެ މެޗުގައި ބޮޑުބައެއް އެޓަލާންޓާ އިން ކުޅެފައިވަނީ މެޗުގެ 17 ވަނަ މިނެޓުގައި ދެއްކި ރަތްކާޑަކާއި ގުޅިގެން އެއް ކުޅުންތެރިޔަކު މަދުކޮށެވެ.

ރޭގެ މެޗުގައި ރަތްކާޑު ދައްކާފައިވަނީ އެޓަލާންޓާގެ ރެމޯ ފްރީލާ އަށެވެ.

އެޓަލާންޓާ އެއް ކުޅުންތެރިޔަކު މަދުކޮށް މެޗުގެ ބޮޑުބައެއް ކުޅެން ޖެހުނުއިރު، އެ ޓީމުން ދިޔައީ ވަރަށް ބޮޑަށް ޑިފެންސިވް ގޭމެއް ކުޅެމުންނެވެ. ނަތީޖާ އަކަށްވީ ރެއާލްއަށް ލަނޑު ޖަހާނެ މާ ގިނަ ފުރުސަތު ތަކެއް ތަނަވަސް ނުވުމެވެ.

މެޗުގައި ރެއާލް އިން ލީޑުނެގީ މެޗު ނިމެން ވަރަށް ކުޑަތަންވެފައިވަނިކޮށެވެ. ރެއާލް އިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 86 ވަނަ މިނެޓުގައި ކާމިޔާބުކުރީ ލުކަ މޮޑްރިޗް ގެ އެހީތެރިކަމާއި އެކު ފާލާންޑް މެންޑީ އެވެ.

ރެއާލް މެޑްރިޑް ގަދަ 16 ގައި ވާދަކުރަންޖެހޭ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ މަހުގެ 16 ވަނަ ދުވަހުގެ ރޭގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް