ރެއާލް މެޑްރިޑްގެ ފުލްބެކް ފޭލަންޑް މެންްޑީ ފަހު ވަގުތު ޖަހައިދިން ލަނޑުން ރަށުން ބޭރުގައި އެޓަލަންޓާ އަތުން ހޯދި މުހިންމު މޮޅާއެކު ރެއާލް މެޑްރިޑް ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ އުންމީދު ބޮޑުކޮށްފިއެވެ. ރޭ އިޓަލީގެ ބާގަމޯގައި ކުޅުނު މި މެޗުގައި، މިހާރު ޔޫރަޕްގައި އޮތް އެންމެ އެޓޭކިންގ ރަނގަޅު އެއް ޓީމަށް ލަނޑެއް ނުޖެހި ނިންމާލަން ޖެހުނުއިރު، އެޓަލަންޓާއިން މެޗުގެ ބޮޑުބައި ފުރިހަމަކުރީ ވެސް 1 ކުޅުންތެރިޔަކު މަދުކޮށެވެ.
އަނިޔާގެ ސަބަބުން މުހިންމު ގިނަ ކުޅުންތެރިންތަކެއް ނުލާ މެޗަށް ނުކުތް ރެއާލް ރޭގެ މެޗު ފެށީ އިސްކޯ ހިމަނައިގެންނެވެ. މި ސީޒަންގައި ރަނގަޅު ކުޅުމެއް އަދި ނުދެއްކި، ކުޅެން ލިބޭ ވަގުތު މަދުވެފައިވާ އިސްކޯ ފުރަތަމަ 11 ގައި ހިމެނުންވީ ގިނަ ބަޔަކަށް ހައިރާންކަން ލިބުނު ކަމަކަށެވެ.
ދެ ޓީމުންގެ މެޗު ފަށައިގެން ދާދި ހަމަހަމަ ކުޅުމެއް ކުޅެމުން ގެންދަނިކޮށް، މެޗުގެ އޮއެވަރު ބަދަލުކޮށްލީ އެޓަލަންޓާގެ ފުރޫލާއަށް މެޗުގެ ރެފްރީ ޓޮބިއަސް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލި ހިސާބުންނެވެ. މިއީ ރެއާލްއިން އުފެއްދި އެޓޭކެއްްގައި ވިނީޝިއަސް ދިން ޕާހަކުން މެންޑީ އެޓަލަންޓާގެ އޭރިއާ ތެރެއަށް ވަދެގަންނަނިކޮށް އޭނާއަށް ކުރި ފައުލަކާ ގުޅިގެން ފުރޫލާއަށް ދެއްކި ރަތްކާޑެކެވެ.
16:57 - Remo Freuler's red card was the earliest by a player in a Champions League game against Real Madrid since April 2011, when Peter Crouch was dismissed in the 15th minute while playing for Spurs. Marching.
— OptaJoe (@OptaJoe) February 24, 2021
އެޓަލަންޓާގެ ރަތްކާޑަށް ފަހު، ރެއާލް މެޑްރިޑުން ކުރިއަށްޖެހި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ، ހަމަލާތައް އުފައްދަމުން ދިޔަ ނަމަވެސް، ފުރަތަމަ ހާފު ނިންމާލަން ޖެހުނީ ހަމަހަމަ ނަތީޖާއަކާއެކުގައެވެ. ފުރަތަމަ ހާފުގެ ފަހުކޮޅު ނަޗޯ، އިސްކޯ އަދި ވިނީއަށް ލިބުނު ފުރުސަތުގެ ބޭނުން ނުހިފުނެވެ.
ދެ ވަނަ ހާފު ފަށައިގެން ވެސް ރެއާލްއިން އެޓޭކް ކުރަމުން ދިޔަ ނަމަވެސް، ހުރިހާ ކުޅުންތެރިންހެން ފަހަތަށް ޖެހިގެން ކުޅެމުން އައި އެޓަލަންޓާ ކޮޅަށް ލަނޑެއް ޖެހޭނެ ފަދަ ހުސް ފުރުސަތެއް ލިބުން އޮތީ ދަތިވެފައެވެ. ނަތީޖާއަކަށްވީ ވަރަށް އާދައިގެ ކުޅުމެއް ފެންނަމުންދިޔަ ވިނީގެ ބަދަލުގައި މަރިއާނޯ ކުޅެން ނުކުތުމެވެ. އެހެނަސް މަރިއާނޯގެ ބަދަލުން މާކަ ބޮޑު ތަފާތެއް ނުފެނުނުއިރު، ޒިދާން ވަނީ ވަކި ހިސާބަކުން ޒުވާން ކުޅުންތެރިންތަކަށް ފުރުސަތު ދީފައެވެ. މިގޮތުން އެސެންސިއޯގެ ބަދަލުގައި ހޫގޯ ޑޫރޯ އަދި އިސްކޯގެ ބަދަލުގައި ސާޖިއޯ އަރިބަސް ކުޅެން ނުކުތެވެ.
މެޗުގެ ފަހުކޮޅަށް ދިޔައިރު، މެޗުގެ ބޮޑުބައި 1 ކުޅުންތެރިއަކު މަދުކޮށް ކުޅެމުން ދިޔަ އެޓަލަންޓާއާ އެއްވަރުވެގެން މެޗު ނިންމާލަން ޖެހިދާނެކަމުގެ ބިރު ރެއާލްއަށް އޮތީ ހީވެފައެވެ. އެހެނަސް މެޗުގެ ފަހުކޮޅު މެންޑީ ވަނީ ތަފާތު ދައްކައި، ލަނޑެއް ކާމިޔާބުކޮށް، ރަށުން ބޭރުގައި ރެއާލްއަށް މުހިންމު މޮޅެއް ހޯދައިދީފައެވެ.
ރެއާލް މެޑްރިޑު ޗެމްޕިއަންސް ލީގުގެ ނޮކް-އައުޓް ސްޓޭޖްގައި ކުޅުނު 100 ވަނަ މެޗުން މޮޅުވިއިރު، މި ދެ ޓީމު ބައްދަލުކުރާ 2 ވަނަ ލެގުގެ މެޗު އޮންނާނީ 17 މާރޗްގެ ރާއްޖެ ގަޑިން 01:00 ގައެވެ.
⚪️ Real Madrid = first team in history to play 100 Champions League knockout games ????
— UEFA Champions League (@ChampionsLeague) February 25, 2021
ℹ️ All you need to know ????@realmadriden | #UCL
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް