ފޮއްދޫ ގޮނޑުދޮށް ޙިމާޔަތް ކުރުން އެމްޓީސީސީ އާ ހަވާލުކޮށްފި

ނ. އަތޮޅު ފޮއްދޫ ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފްނެޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރ އިން މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީ) އާ ޙަވާލުކޮށް...

25 Feb 2020 | 14:33

ނ. އަތޮޅު ފޮއްދޫ ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފްނެޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރ އިން މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީ) އާ ޙަވާލުކޮށްފިއެވެ.

7،612،602.00 ރުފިޔާ މި މަސައްކަތަށް އެ ކުނަފުންޏާ ހަވާލުކޮށްފައިވާއިރު މި މަސައްކަތް ނިންމަން ދީފައިވަނީ 180 ދުވަހެވެ.

ޕްލޭނިން މިނިސްޓްރީން ވިދާޅުވީ މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތަކީ އެރަށު އިރުމަތީ ފަރާތު ޖެޓީކައިރިން 180 މީޓަރުގެ ގޮނޑުދޮށް ހިމާޔަތް ކުރުންކަމަށެވެ. އަދި ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޭނުންކުރާނީ ޖިއޯ ބޭގު ރިވެޓުމެންޓު ކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ  ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް