ޔާމިންގެ ސިއްހީ ހާލަތު އާއިލާއާ ހިއްސާކޮށްފި: އިމްރާން

ޖަލުގައި ހުކުމް ތަންފީޒް ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ޑޮކްޓަރުން ދެއްވާފައިވާ ލަފާ މިހާރު ވާނީ އާއިލާއާ ހިއްސާކުރެވިފައި ކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް އި...

25 Feb 2020 | 13:37

ޖަލުގައި ހުކުމް ތަންފީޒް ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ޑޮކްޓަރުން ދެއްވާފައިވާ ލަފާ މިހާރު ވާނީ އާއިލާއާ ހިއްސާކުރެވިފައި ކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ޔާމީން ހިތުގެ އާލާސްކަންފުޅެއްގައި އައިޖީއެމްއެޗުގައި އެޑްމިޓްކޮށްގެން ޓެސްޓު ހަދައި ފަރުވާދިނުމަށް ފަހު އަނބުރާ ޖަލަށް ގެންދިޔައީ މިދިޔަ ހޮނިހިރު ދުވަހު އެވެ. ޔާމީން އައިޖީއެމްއެޗް ގައި އެޑްމިޓް ކުރީ މިދިޔަ ހަފްތާ ބުދަ ދުވަހު އެވެ.

މާފުށި ޖަލުގައި އިމްރާން ޔާމީންއާ ބައްދަލުކުރެއްވީ ޖަލުގެ ހާލަތު ބައްލަވާލެއްވުމަށް މިނިސްޓަރ ކުރެއްވި ޒިޔާރަތެއްގެ ތެރެއިންނެވެ. މި ޒިޔާރަތުގައި ޔާމީންއާ ބައްދަލުކުރައްވާ ޑޮކްޓަރުން ދެއްވަފައިވާ ސިއްހީ ލަފަޔާގުޅޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ.

ޑޮކްޓަރުން ދެއްވި ލަފާގެ އެއްވެސް  ތަފްސީލެއް މިނިސްޓަރު ދެއްވާފައެއްނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް