މޯލްޑިވިއަން އައިޑޮލްގެ ސީޒަން ތިނަކުން މަޝްހޫރުވި ލަވަކިޔުންތެރިޔާ މަރިޔަމް މައިޝާ ކެފޭއެއްގައި ލަވަ ހުށަހަޅައި ދެމުންދަނިކޮށް މީހަކު ހުރަސް އަޅައިފި އެވެ.
މައިޝާ އޭނާގެ ޓުވިޓާގައި ވަނީ ކަން ހިނގި ގޮތުގެ ވީޑިއޯއެއް އާންމުކޮށްފަ އެވެ. އޭނާ ރޭ ލަވަ ހުށަހަޅައިދީފައިވަނީ ކޮފީ ސްޓޭޓްސް އެމްވީގައި އެވެ.
އެ ވީޑިއޯއިން ފެންނަ ގޮތުގައި އޭނާ ވަރަށް ޖޯޝާއި ފޯރީގައި ލަވަކިޔަން ގޮނޑިއެއްގައި އިންދަ ކުއްލިއަކަށް ހިނގާފަ އެތާ ކައިރިޔަށް ދާ މީހަކު މައިކު އަނބުރާލައެވެ. އެއާއެކު މައިޝާއަށްވެސް ލިބެނީ ކުއްލި ސިހުމެކެވެ. އެމީހާ ބުނަނީ ލަވަކިޔުމުން އޭނާއަށް އުނދަގޫވާ ކަމަށެވެ.
https://twitter.com/RaalhuMariyambu/status/1232185949200605184
މިކަމާ ގުޅިގެން މައިޝާ އިތުރަށް ބުނެފައިވަނީ ފުލުހުން އެތަނަށް ގޮސް އެމީހާއަށް ނަސޭހަތްދީފައިވާ ކަމަށެވެ. އެކަމަކު އެމީހާ އާއި މެދު ފިޔަވަޅެއް އެޅިކަމެއް ނޭނގެ އެވެ.
މިކަމާ ގުޅިގެން ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވީ އާޓިސްޓުންނަށް އެގޮތަށް ހުރަސް އެޅުމަކީ ބަލައިގަނެ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ގާނޫނު ހުއްދަ ކުރާ ކޮންމެ ކަމެއް ކުރުމުގެ ބާރު ކޮންމެ ދިވެހި ރައްޔިތަކަށް ލިބިގެންވާ ކަމަށް މަހުލޫފު ވިދާޅުވެފައިވެ އެވެ.
https://twitter.com/AhmedMahloof/status/1232227931906244609
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް