ރައީސް ޔާމީނަށް އިތުރު މައްސަލަތަކެއްގެ ތުހުމަތު!

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ގުޅޭ އިތުރު މައްސަލަތަކެއްގެ ތަހުގީގަށް ހާޒިރުވުމަށް އިއްޔެ ފުލުހުން އަންގާފައިވާކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހަރަކާތްތެރިވެވަޑައިގެންނަވާ ކުރީގެ ނައ...

25 Feb 2020 | 09:51

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ގުޅޭ އިތުރު މައްސަލަތަކެއްގެ ތަހުގީގަށް ހާޒިރުވުމަށް އިއްޔެ ފުލުހުން އަންގާފައިވާކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހަރަކާތްތެރިވެވަޑައިގެންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޖަމީލް މިހެން ވިދާޅުވި އިރު ރައީސް ޔާމީން މިވަގުތު ގެންދަވަނީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ މާފުށީ ޖަލުގައި ފަސް އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުންނެވެ.

މިއަދު ޖަމީލް ވިދާޅުވީ އިިތުރު ކަންތައްތަކެއްގެ ތަހުގީގަށް ފުލުހަށް ހާޒިރު ކުރަނީ ރައީސް ޔާމީނަށް އިއްވާފައިވާ ހުކުމަކީ ސިޔާސީ ދައުވާއެއްކަން ސާބިތުވާން ކައިރިވުމުން ކަމަށެވެ. އޭނާ ވިދާޅުވީ އެ ހުކުމުގެ އިސްތިއުނާފު އަޑުއެހުމުގައި މަނީ ލޯންޑަރިންގެ ދައުވާއަކީ ގާނޫނީ ބުރަދަނެއް ނެތް ސިޔާސީ ދައުވާއެއްކަން މި ސަރުކާރަށް ޔަގީންވެއްޖެ ކަމަށެވެ.

ތަހުގީގަށް ރައީސް ޔާމީން ހާޒިރު ކުރަން ނިންމުން ޖަމީލް ސިފަ ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރައީސް ޔާމީން ދެކެ ކޯފާވެގެން އުޅުއްވާ ގޮތަށެވެ. ޑރ. ޖަމީލް ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރަށް އަހަރެއް ވީއިރުވެސް އެއްވެސް ކަމެއް ނުވެ ފެއިލް ވުމުން ރައީސް ޔާމީން ދެކެ ކޯފާވާނެ ކަމެއް ނެތް ކަމަށެވެ.

https://twitter.com/MJameelAhmed/status/1232185076332412928

އިއްޔެ ބޭއްވި ރައީސް ޔާމީންގެ އިސްތިއުނާފު އަޑު އެހުމުގައި އޮތީ އެމަނިކުފާނުގެ ފަރާތުން އިސްތިއުނާފު ނުކުތާތައް އިއްވުމެވެ. އިސްތިއުނާފު ނުކުތާގެ ގޮތުގައި75 ނުކުތާއެއް ފާހަގަކޮށްފައިވާއިރު އިއްޔެގެ އަޑު އެހުން ނިންމާލާ ގަޑި ޖެހުނު އިރު އިއްވުނީ10 ނުކުތާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް